ޚަބަރު
ކޯޓަށް ހާޒިރުކުރަން މަންޑޭ ފުލުހުންގެ ބެލުމުގެ ދަށަށް
ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުވާ ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް އެ މައްސަލާގައި ހުކުމް އިއްވުމުގެ ޝަރީއަތަށް އޭނާ ބަންދުކޮށްގެން ހާޒިރު ކުރުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި މައްސަލައިގައި ތުހުމަތުވާ އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރުކަންވެސް ކުރާ މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ 100 އަށްވުރެ ގިނަ ދައުވާ ކުރުމަށް 23 ޑިސެމްބަރު 2023 ގައި ކްރިމިނަލް ކޯޓަށް ފޮނުވައިފައެވެ.

މަންޑޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޓެކުމުގެ 50 ދައުވާ އާއި އޮޅުވައިލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ.

ކުރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި އެ މައްސަލައިގެ ޝަރީއަތަށް މަންޑޭ ހާޒިރުވެފައިނުވެ އެވެ. އެހެންވެ ކޯޓުން ވަނީ މަންޑޭ، ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެފައެވެ.

މަމްދޫހްގެ މައްޗަށް ހުކުމް ކުރުމުގެ އަޑުއެހުން މިއަދު މެންދުރުފަހު 2 ޖަހާއިރަށް ވަނީ ތާވަލުކޮށްފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު