ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކޭޕާކް މަމްދޫހް 397 އަހަރަށް
އަލީ ރާޒީ
31 ޑިސެމްބަރ 2025 - 12:07
0
comments
Tweet
Telegram
ހުޅުމާލޭގައި ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) 397 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މަންޑޭގެ މައްޗަށް ސާބިތުވި ދައުވާތަކާއި ކުރި ހުކުމްތައް
ޓެކުމުގެ 46 ދައުވާ؛ ކޮންމެ ދައުވާ އަކަށް އަށް އަހަރުގެ ދައުވާ (ޖުމްލަ 368 އަހަރުގެ ޖަލު ހުކުމް)
އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ؛ ކޮންމެ ދައުވާ އަކަށް 3 މަހާއި 18 ދުވަސް (ޖުމުލަ 13 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމް)
މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ސައްހަނޫން ލިޔުމެއް ދިނުމުގެ 3 ދައުވާ؛ އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް
މަނީ ލޯންޑްރިންގެ އެއް ދައުވާ؛ 14 އަހަރާއ 11 މަހާއި 14 ދުވަހުގެ ޖަލު ހުކުމް
މި މައްސަލާގައި މަމްދޫހު ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އޭނާއަށް ކުރި ޖުމްލަ ޖަލު ހުކުމުގެ ދިގުމިނަކީ 397 އަހަރާއި ހަ މަހާއި 20 ދުވަހެވެ.
ޝަރީއަތުގެ މަރުހަލާ ނިންމުމަށްފަހު، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އަޑުއެހުމެއްގައި މަމްދޫހުގެ މައްޗަށް 94 ދައުވާ ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅި އެވެ.
އެ މައްސަލާގައި މަންޑޭއާ އެކު ދައުވާލިބުނު ރ. އަލިފުށީ ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް ކުރި 95 ދައުވާގެ ތެރެއިން ސާބިތުވި 86 ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް އިއްވީ 150 އަހަރަށް ވުރެ ދިގު ޖަލު ހުކުމެކެވެ. އެއީ ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާގައި 139 އަހަރުގެ ޖަލު ހުކުމަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާގައި 13 އަހަރުގެ ޖަލު ހުކުމަކާއި މަނީ ލޯންޑްރިންއަށް އެހީވުމުގެ ކުށުގައި 5 އަހަރަށް ޖަލަށްލުމާއެކު ތިން ލައްކަ ރުފިޔާގެ ޖޫރިމަނާ އެކެވެ.
ޖައިޝާންގެ މައްޗަށް ކަނޑައެޅި އަދަބުތަކަކީ:
އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ކުށުގެ 41 ދައުވާ: ކޮންމެ ދައުވާއެއް 3 މަހާއި 18 ދުވަސް؛ ޖުމުލަ 12 އަހަރާއި 3 މަހާއި 18 ދުވަސް
ޓެކުމުގައި ބައިވެރިވުމުގެ ކުށުގެ 44 ދައުވާ: ކޮންމެ ދައުވާއެއް 3 އަހަރާއި 2 މަހާއި 12 ދުވަސް؛ ޖުމުލަ 140 އަހަރާއި 9 މަހާއި 18 ދުވަސް
މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ: 4 އަހަރާއި 11 މަހާއި 24 ދުވަހަށް ޖަލަށް ލުން
މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 3 ދައުވާ: 1 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށް ލުން
ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު، ހުރިހާ ދައުވާއެއްގެ އަދަބު ޖުމުލަ 159 އަހަރާއި 5 މަހާއި 14 ދުވަހަށް އަރާ
ގެއްލުން ދިން ފަރުދުންނަށް އެ ދިން ގެއްލުމަށް ބަދަލުގެ ފައިސާ ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައިި ދެއްކުމަށް ވެސް ކޯޓުން ހުކުމްކުރި އެވެ.
އަދި މަމްދޫހު ގަނެފައިވާ ޕެންޓްހައުސްއާއި އެ ތަނުގައި ހުރި މުދާތައް ދައުލަތަށް ނެގުމަށް ވެސް ހުކުމްކުރި އެވެ.
ބާކީ ދައުވާތައް ސާބިތުނުވާ ކަމަށް ވެސް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މިއަދު ނިންމެވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
7 މަސް ކުރިން
0
ކޯޓަށް ހާޒިރުކުރަން މަންޑޭ ފުލުހުންގެ ބެލުމުގެ ދަށަށް
1 އަހަރު ކުރިން
0
ކޯޓަށް ހާޒިރު ނުވާތީ ކޭޕާކް މަންޑޭ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި
2 އަހަރު ކުރިން
0
މަންޑޭގެ ޝަރީއަތް ފަށައިފި
3 އަހަރު ކުރިން
0
މަންޑޭގެ އަގުބޮޑު މުދާތައް ހިފެހެއްޓި މައްސަލަ ހައި ކޯޓުން ބަލަނީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދިރާގު ލަކީޑްރޯގައި ވާދަކޮށްގެން 65 އިންޗީގެ ޓީވީއެއް ހޯދިދާނެ
7 ގަޑިއިރު ކުރިން
0
އިތުރު 17 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
7 ގަޑިއިރު ކުރިން
0
ހުޅުމާލޭގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އަޅަން ދިވެހި 5 ކުންފުންޏަކާ ހަވާލުކޮށްފި
7 ގަޑިއިރު ކުރިން
0
ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއޯޔޫއެއް
21 ގަޑިއިރު ކުރިން
0