
މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އިން ހިނގާލުން ބާއްވަން ފުރަތަމަ ނިންމީ މިދިޔަ ހުކުރު ދުވަހު އެވެ. އެއީ 59 ވަނަ މިނިވަން ދުވަހެވެ. ނަމަވެސް އެ ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓުުން ލަފާކުރުމުން ޝަރަފުގެ ހިނގާލުން ފަސްކުރީ އެވެ. މާލެ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ވެހިކަލް ދުއްވުން މަނާކުރީ މި ޕެރޭޑާ ގުޅިގެން މާލޭގެ ޓްރެފިކް ފްލޯ ކުރަން އުނދަގޫވާނެތީ ކަމަށެވެ. ވެހިކަލް ދުއްވުން މަނާކުރީ އެ ދުވަހު ހަވީރު 4:00 އިން 6:00 އަށެވެ.މިނިވަންދުވަހުގެ ޕެރޭޑަކީ ސިފައިންނާއި ކެޑޭޓުން ކޮންމެ އަހަރެއްގެ ޖުލައި 26، ގެ ހަވީރު ކުރިއަށް ގެންދާ ރަސްމީ ހަރަކާތެކެވެ. މި ހަރަކާތް ބައްލަވާލައްވަން އޭރަކު ހުންނަވާ ރައީސާއި އަނބިކަނބަލުން ވަޑައިގަންނަވަ އެވެ.މި އަހަރުގެ ޕެރޭޑަށްވެސް ސިފައިންނާއި ކެޑޭޓުން ދަނީ ތައްޔާރުވަމުންނެވެ. މިނިވަންދުވަސް ފާހަގަކުރުމަށް އާންމުކޮށް ޕެރޭޑުގެ އިތުރުން ރަސްމީ ޖަލްސާ އަދި ފުޅަނދުބުރާއި ހެވިކަމުގެ ކުޅިވަރުތައް ބާއްވަ އެވެ.ނަމަވެސް ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ސަރުކާރުން އަޅާފައިވާ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން މިނިވަންދުވަހުގެ ޕެރޭޑާއި ރަސްމީ ޖަލްސާ ފިޔަވާ އެހެން ހަރަކާތްތައް ވަނީ ކެންސަލްކޮށްފަ އެވެ.