ޚަބަރު
މިއަހަރުތެރޭ ޒަކާތު ފަންޑަށް 100 މިލިޔަން ރުފިޔާ ހޯދުމަކީ އަމާޒެއް: ޝަހީމް
މިއަހަރުގެ ތެރޭ ޒަކާތު ފަންޑަށް 100 މިލިޔަން ރުފިޔާ ހޯދުމަކީ އަމާޒެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެ އެވެ.  

މިނިސްޓަރު މިހެން ވިދާޅުވީ، ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައެވެ.

ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ މަހާސިންތާތަކަކީ ސަރުކާރުގެ ބަޖެޓުން ބާއްވާ މަހާސިންތާތަކެއް ނޫންކަމަށާއި އެއްވެސް ހަރަދެއް ނުކޮށް އެފަދަ މަހާސިންތާތައް ބޭއްވޭނެ ނިޒާމު ފަހިވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ޒަކާތާ ގުޅޭ މަހާސިންތާތައް ވެސް މިހާރު ކުރިއަށް ގެންދަން ޖެހޭ ކަމަށާއި ޒަކާތާ ބެހޭ ކަންތައްތައް މިހާރު ކުރިއަށްދަނީ ވަރަށް ހަރުދަނާކޮށް އިތުބާރު ހުރި މަގުންކަމަށެވެ.

"މިދިޔަ ހައެއްކަ މަސް ތެރޭގައި 50 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޒަކާތު ފަންޑަށް ޖަމާވެފައި. އަޅުގަނޑުމެންގެ އަމާޒަކީ އަހަރު ނިމިގެންދާއިރުގައި 100 މިލިޔަނާ ގާތްކުރުން،" ޝަހީމް ވިދާޅުވި އެވެ.

ހައްޖާއި އުމްރާއަށް މީހުން ގެންދާ ބައެއް ގުރޫޕުތަކުން އަމަލު ކުރާ ނުރަނގަޅު އުސޫލުތަކުގެ ސަބަބުން އެތައް ބަޔަކަށް މީގެ ކުރިން ލަނޑު ލިބިފައި އެބަހުއްޓެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ވިދާޅުވީ، ޒަކާތު ހައުސްއަކީ ދިވެހިން ފަޚުރުވެރިވާފަދަ މުއައްސަސާއަކަށް ވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އަދި މިކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅު ލިބިވަޑައިގަންނަވާ އެހީތެރިކަމާއި އެއްބާރުލުން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު