ޖަލު އޮފިސަރުން ހޯދަނީ، މުސާރަ ކުޑައެއް ނޫން
މަރިޔަމް އަނާ
01 އޯގަސްޓް 2024 - 01:48
0 comments
ކަރެކްޝަންގެ ދެ މުވައްޒިފެއް: ޖަލު އޮފިސަރުން ހޯދަން ވަނީ އިއުލާނު ކޮށްފައި
ޖަލު އޮފިސަރުން ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އިއުލާނު ކޮށްފި އެވެ.
އެ މަގާމުތަކަށް ޝައުގުވެރިވާ އުމުރުން 18-35 އަހަރާ ދެމެދުގެ މީހުންނަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މަހުގެ 28 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. ޕްރިޒަން އޮފިޒަރުންގެ އަސާސީ ފެންވަރަކީ ގްރޭޑް 10 ނިންމާފައިވުމެވެ.ކަރެކްޝަން އިން ބުނީ ވަޒީފާތަކަށް ނަގާ މީހުން މަސައްކަތް ކުރާނީ މާފުށި ޖަލާއި އައްސޭރި ޖަލުގެ އިތުރުން ހުޅުމާލެ ޖަލުގައި ކަމަށެވެ.ޕްރިޒަން އޮފިސަރުންގެ އަަސާސީ މުސާރަ އަކީ މަހަކު 6،050ރ. އެވެ. މީގެ އިތުރުން ހުވާކުރުމަށް ފަހު ސާވިސް އެލަވަންސްގެ ގޮތުގައި 3،500ރ. އަދި ލިވިން އެލަވެންސްގެ ގޮތުގައި 2،500ރ. ލިބޭނެ އެވެ. އަދި ނޮން-ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ 45 އިންސައްތަ (2،722ރ.) ލިބޭނެ އެވެ.ޖަލު އޮފިސަރުން ހޯދަން ކަރެކްޝަންސް އިން ހުޅުވާލި އިރު، މިދިޔަ އަހަރު ވެސް ގިނަ އަދަދެއްގެ އޮފިސަރުން ތަމްރީނުކޮށްފައިވެ އެވެ.ވަޒީފާއަށް މީހުން ހޮވުމުގައި ހަށިހެޔޮ ކަން ދެނެގަތުމަށް ދޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވާ މީހުންނަށް އިސްކަން ދޭނެ އެވެ. އަދި މެޑިކަލް އެގްޒަމިނޭޝަނާއި ކުރެވޭ އިންޓަވިއު އާއި ބެކްގްރަންޓް އެސެސްޓަމްޓުން ފާސްވާ މީހުންނަށް އިސްކަން ދޭނެ އެވެ.
ކިޔުންތެރިންގެ ޝުއޫރު