ޚަބަރު
ދެންމެ ވެބްސައިޓް ބްލޮކްކުރަން އަންގައިފި
އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ލިޔުންތައް ޝާއިރު ކުރާ ކަމަށް ސާބިތުވާތީ "ދެންމެ" ވެބްސައިޓް ބްލޮކް ކުރަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން މީޑިއާ ކައުންސިލުން މިއަދު ނިންމައިފި އެވެ.

އެމްއެމްސީއިން ބުނިގޮތުގައި އާއްމު އިޖްތިމާއީ މިންގަނޑާ ހިލާފު ލިޔުންތައް ފަތުރާ މި ވެބްސައިޓުގެ މައްސަލަ ބަލަން ފެށީ، އެތަނުން އިސްނަގައިގެންނެވެ. އަދި މައްސަލަ ބެލުމަށް ފަހު އެ ވެބްސައިޓު ބްލޮކް ކުރުމަށް، ކަމާ ގުޅޭ އިދާރާތަކަށް އަންގާފައިވާނެ ކަމަށް އެތަނުން ބުންޏެވެ.

އަހްލާގީ ގޮތުން ދަށް، އިޖްތިމާއީ މިންގަނޑާ ހިލާފު ގޮތަކަށް ލިޔުންތައް ލިޔެ، ސޯޝަލް މީޑިއާގައި ދައުރުކުރާތީ، އެ ވެބްސައިޓާ ގުޅޭގޮތުން ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުން ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

މި މައްސަލަ މީޑިއާ ކައުންސިލްގެ ޝަކުވާ ބަލާ ކޮމިޓީން ބެލިއިރު، އެ ވެބްސައިޓަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވެބްސައިޓެއް ވެސް ނޫން ކަމަށާއި އެ ވެބްސައިޓުން އާންމުކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި ޖިންސީ ގުނަވަނެއް ނުވަތަ ޖިންސީ ހަރަކާތެއް ނުވަތަ އެފަދަ މަންޒަރު ސިފަވާ އެތައް ލިޔުމެއް އެ ވެބްސައިޓުން އާންމުކޮށްފައިވާ ކަމަށެވެ. އެ ވެބްސައިޓުން ކޮންމެ ދުވަހަކު މަދުވެގެން އެފަދަ އެއް ލިޔުން އާންމުކުރާ ކަމަށާއި އެފަދަ އިޖުތިމާއީ މިންގަނޑާއި ހިލާފު ލިޔުންތައް ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ދައުރުވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުނެ އެވެ.

މި މައްސަލާގައި މީޑިއާ ކައުންސިލުން ވަނީ އެ ވެބްސައިޓުން އާންމު އިޖްތިމާއީ މިންގަނޑާ ހިލާފަށް ލިޔުންތައް އާންމުކުރަމުންދާތީ، އެފަދަ ކަންކަން ނުކުރަން ތަކުރާރުކޮށް އިންޒާރު ދީފައި ވަނިކޮށް ވެސް ތަކުރާރުކޮށް އެކަން ކުރަމުންދާތީ އެ ވެބްސައިޓް ބްލޮކް ކުރަން ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމެއް ނިންމާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު