ޚަބަރު
މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިތާ މަހެއްހާ ދުވަސް ފަހުން އަލުން ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލުގެ 10 މެންބަރެއްގެ ދައުރު ހަމަވާތީ އެ މަގާމުތަކަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލި މުއްދަތު ހަމަވިތާ މަހެއްހާ ދުވަސް ފަހުން، ބައެއް މީޑިއާތަކުން އެދިގެން ކަމަށް އަނެއްކާވެސް އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު ހަމަވީ މިދިޔަ މަހުގެ 25 ގަ އެވެ. އެ ފުރުސަތުގައި މީޑީއާތަކުން ހޮވާ ހަތް މެމްބަރުންގެ ޖާގައަށް 8 މީހަކު ކުރިމަތިލި އެވެ.

އެ އިންތިހާބަށް މީޑިއާތަކުން ކެމްޕެއިންކޮށް ވޯޓަށް ތައްޔާރުވެފައި ވަނިކޮށް، ޔޫތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މީީޑިއާ ކައުންސިލުގެ 10 މެމްބަރުންގެ މުއްދަތު ހަމަވާތީ އެ ކައުންސިލަށް މެމްބަރުން އިންތިހާބުކުރުމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިމަހުގެ 29 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނި ގޮތުގައި މެމްބަރު ކަމަށް ކުރިމަތިލާ ފޯމާއި ލިޔުންތައް މިހާތަނަށް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން މެމްބަރުކަމަށް އެދި ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.

މީޑިއާ ކައުންސިލުގެ ދައުރަކީ މީލާދީ ގޮތުން ދެ އަހަރެވެ. އަދި, ކައުންސިލުކަމުގައި ދެ ދައުރު ޖެހިޖެހިގެން އެއް މެންބަރަކަށް އަދައެއް ނުކުރެވޭނެ އެވެ. މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 15 އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު