ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ދީން
ހަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން ދަރަނި އަދާކުރާށެވެ
އިބްރާހިމް އާދަމް
02 އޯގަސްޓް 2024 - 14:59
0
comments
Tweet
Telegram
ދަރަނި ނުދައްކައި ލަސްކުރުމަކީ ދޭދޭ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދު މުޅި ރާއްޖޭގައި ހުކުރު ހުތުބާ އިއްވީ "ހަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން ދަރަނި އަދާކުރާށެވެ" މި މައުލޫ އަށެވެ.
ހުކުރު ހުތުބާގައި ބުނީ ދަރަނި ނުދައްކައި ލަސްކުރުމަކީ، ދޭދޭ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ ކަމެއް ކަމަށާއި ދަރަނި ދެއްކުން ފަސްކުރުމަކީ ދަރަނި ދޫކުރި މީހާއަށް ނުހަނު ގެއްލުންވާނެ ކަމެއް ކަމަށެވެ. އަދި ދަރަނި ނަގަނީ ބައިތުލްމާލުންކަމުގައި ވަނީ ނަމަ، އެއީ އެންމެހައި ރައްޔިތުންގެ ހައްގުތައް އޭގައި ހިމެނޭ ދަރަންޏެއް ކަމަށާއި އެހެންވެ، އެފަދަ ބޮޑެތި ދަރަނިތައް ނުދައްކައި ލަސްކުރުމަކީ އެ ކަމުގެ ފާފަ އެހެނިހެން ދަރަނިތަކަށް ވުރެ ބޮޑުވެދާނެ ކަމެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.
"ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، އަދާނުކުރެވި އޮއްވައި، ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ނުރައްކާތެރިކަމެކެވެ. އެއީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެ ކަމެކެވެ،" ހުތުބާގައި ބުންޏެވެ.
ކީރިތި ރަސޫލާގެ އަސްހާބު ބޭކަލަކު އަވަހާރަވުމަށްފަހު އެކަލޭގެފާނުގެ އަހާއަށް އެފަދައިން ދަރަނި ދެއްކުމަށް ރަސޫލާ ހަދީސް ކުރެއްވި ކަމަށް ބަޔާން ކުރައްވާ އެކަމުގެ ދަލީލު ވެސް ވަރަށް ތަފްސީލުކޮށް ބަޔާން ކޮށް ދެއްވި އެވެ.
ދަރަނީގެ މުއާމަލާތަކީ، ޝަރުއީ ހުކުމްތަކެއް ހުރި ކަމެކެވެ. ދަރަނީގެ މުއާމަލާތެއް ކުރާ އިރު، އެ ކަމާ ބެހޭ ލިޔެކިޔުމާއި، ހެކި ހުންނާން ޖެހޭނެ ކަމަށް ކީރިތި ގުރްއާނުގައި ވަނީ، އަމުރުކުރައްވައިފަ އެވެ.
އަދި އެފަދަ ދަރަންޏެއް ނެގުމަށް ވުރެ، އައުލާކަން ބޮޑީ ލިބޭ އާމްދަނީއަކާ އެއްވަރަށް ޚަރަދުތައް ކުޑަކޮށް އިގްތިސާދު ކުރުން ކަމަށާއި ދަރަނި އަދާކުރުމުގެ ނިޔަތުގައި، ދަރަނި ނަގާ މީހުންނަށް ދަރަނި ދެއްކޭނެ ގޮތް، މާތް ﷲ މިންވަރުކޮށްދެއްވާނެ ކަމަށްވެސް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ އެވެ.
ހުތުބާގައި އިތުރަށް ބުނީ ދަަރަނިވެރިޔާ މަރުވުމަށް ފަހު އެ ދަރަންޏެއް އަދާކުރެވެންދެން އެމީހެއްގެ ފުރާނަ ވަނީ އެލުވިގެން ކަމަށް ނަބަވީ ބަސްފުޅުގައިވާ ކަމަަށެވެ.
މީގެއިތުރުން ހުތުބާގައި ވަނީ ތަނަވަސްކަމުގެ އަހުލުވެރީން އަތްމަތި ދަތި ދަރަނިވެރީންނަށް ލުއިކޮށްދިނުމަކީ ނުހަނު މަތިވެރި ޘަވާބާއި ދަރުމަހުރި ކަމެއް ކަމަށްވެސް ބުނެފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުން މިރޭ
17 ދުވަސް ކުރިން
0
ނަޞްރުގެ މައްސަރު
1 މަސް ކުރިން
0
ރޯދައަށް ތައްޔާރުވާން ހުތުބާގައި ގޮވާލައިފި
3 މަސް ކުރިން
0
ދިރިއުޅުމުގައި ދިމާވާ ދަތިތަކާމެދު މާޔޫސް ނުވުން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގދ. އަތޮޅުގައި އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ފަށައިފި
13 ގަޑިއިރު ކުރިން
0
ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި އީދު ސައި
20 ގަޑިއިރު ކުރިން
0
ޒަކާތުގެ ގޮތުގައި މީގެ ކުރިން ނުލިބޭ މިންވަރަށް ފައިސާ ލިބިފައިވާ ކަމަށް މިިނިސްޓްރީން ބުނެފި
22 ގަޑިއިރު ކުރިން
0
އީދު ނަމާދަށް އިމާމު ނައުމުން ފިޔަވަޅު އަޅައިފި
22 ގަޑިއިރު ކުރިން
0