ޚަބަރު
އެލެގްރާގެ 3 ބެޗެއްގައި ކޮލިޓީ މައްސަލައެއް ދިމާވެ ވިއްކުން މަނާކޮށްފި
އެލެގްރާ ސަސްޕެންޝަން ބޭސް
ރޯގާ ޖެހުމުންނާއި އެލާޖިކް ވުމުން އާންމުކޮށް ބޭނުންކޮށް އުޅޭ އަލެގްރާގެ ތިން ބެޗެއްގައި ކޮލެޓީގެ މައްސަލަތަކެއް އުޅޭތީ، ބޭހުގެ އެ ބެޗުތައް ރާއްޖޭގައި ވިއްކުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެލެގްރާގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަމަށް އެ ބޭސް އުފައްދާފައިވާ ކުންފުނިން އެލާޓް ކޮށްފައިވާ ކަމަށެވެ.

އެއީ އިންޑިއާގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެނޮފީ އިންޑިއާ ލިމިޓެޑް އިން އުފައްދާފައިވާ އެލެގްރާގެ ބެޗުތަކެކެވެ. އެ ބެޗުތަކަކީ، AL1223019, AL1223029 އަދި AL1223060 އެވެ.

އެހެންކަމުން އެ ތިން ބެޗު ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެ އޮތޯރިޓީން ވަނީ އިއުލާނުކޮށްފައެވެ.

އަދި އެ ބޭހުގެ ބެޗްތައް ފާމަސީ ބޭސް ގުދަނެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އޮތޯރިޓީގެ އީމެއިލް މެދުވެރިކޮށް އެންގުމަށް ވެސް އިއުލާނުގައި އެދިފައިވެއެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު