ޚަބަރު
އިޖްތިމާއީ ފޭރާން މި ހާލަތަށް ދިއުމުގައި ބޮޑު ޒިންމާ ނަގަންޖެހެނީ ތަންފީޒީ އިދާރާތަކުން: މުހައްމަދު
ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
ދިވެހިރާއްޖޭގެ އިޖްތިމާއީ ފޭރާން މިއަދު މިއޮތް ހާލަތަށް ދިއުމުގައި އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭ ފަރާތަކީ ތަންފީޒީ އިދާރާތަކުން ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

"އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މުހައްމަދު ވިދާޅުވީ ގާނޫނުތަކާއި ގަވާއިދުތައް ހެދި، ކަޅާއި ހުދުން ފާޅުކަން ބޮޑުކޮން ލިއެވިފައި ވީ ހިނދު %100 މުސްލިމް ގައުމެއްގެ ހާލަތު ކަންބޮޑުވާ ހިސާބަށް މިދިޔައީ އެއްދުވަހަކުން ދެ ދުވަހަކުން ނޫން ކަމަށެވެ.

"މިއީ އެތަކެއް އަހަރެއް، އެތަކެއް ޒަމާނެއް މި ކަންކަން ހައްލު ނުކުރެވި ދިއުމުގެ ނަތީޖާކަން ދިވެހި ރައްޔިތުން ޤަބޫލްކުރައްވާނެކަން ޔަޤީން. ރައީސް ޑރ.މުޢިއްޒުގެ ޤައުމީ ވިސްނުންފުޅާއެކު، ހިކުމަތްތެރި ކަމާއެކު މި ގައުމަކީ ދިވެހީންނަށް އަމާން އޮމާން ހިއްފަސޭހަ ދުޅަހެޔޮ ގައުމަކަށް ހައްދަވައި ދެއްވުމަށް ކުރައްވަމުންދާ މަސައްކަތްޕުޅަށް އައްސަރިބަހާއި ސާބަސް ދަންނަވަން." މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ މުގައްރިރުކަން ކުރައްވާ މުހައްމަދު ލިޔުއްވާފައި ވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު