ވިޔަފާރި
އުރީދޫ މަސް ރޭސް ހިންމަފުށީގައި ފަށައިފި
އުރީދޫ މަސް ރޭހުގެ ތެރެއިން: މިއަދު އެ ރޭސް ފަށާފައި ވަނީ ކ. ހިންމަފުށީގައި ---- ފޮޓޯ/ އުރީދޫ
ކޮންމެ އަހަރަކު ވެސް އުރީދޫން ބާއްވަމުން އަންނަ މަސް ރޭސް މިއަދު ކ. ހިންމަފުށީގައި ފަށައިފި އެވެ.

ތިން ރަށެއްގައި މި އަހަރު މި މުބާރާތް ބާއްވާއިރު، ކޮންމެ ރަށަކުން ވެސް ވަކިވަކިން ވަނަތައް ހޮވާނެ އެވެ. މުބާރާތުގެ ކުރިއަށް އޮތް ދެ ރޭސް އޮންނާނީ ޅ. ނައިފަރު އަދި ގދ. ތިނަދޫގަ އެވެ. ނައިފަރުގައި މުބާރާތް އޮންނާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އަދި ތިނަދޫގައި 23 ވަނަ ދުވަހު އެވެ.

މިއީ އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ މަސް ރޭހެކެވެ. މިއީ ކޮންމެ އަހަރަކު ވެސް ގިނަ ބައެއްގެ ތަރުހީބު ލިބޭ ހަރަކާތެކެވެ.

މީގެކުރިން އުރީދޫއިން ބުނީ މި ރޭހަކީ އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބާއްވާ މުބާރާތެއް ކަމަށާއި އެ ރޭސް ވާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަގަދަ މަސްވެރިކަމުގެ މުބާރަތަށް ކަމަށެވެ.

ކޮންމެ ޓީމެއްގައި ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް މަދުވެގެން 8-12 މެމްބަރުން ތިބޭއިރު، ބައިވެރިން މިހާރު އަންނަނީ މަސް ބޭނުމުގައި ހަރަކާތްތެރިވަމުންނެވެ.

މުބާރާތް ރަށްތަކުގައި ފެށުމަށް ހަމަޖެހިފައިވާ ތާރީހުތައް:

• ހިންމަފުށި: އޯގަސްޓް، 9 ގައި

• ތިނަދޫ ސިޓީ: އޯގަސްޓް، 23 ގައި

• ނައިފަރު: އޯގަސްޓް، 16 ގައި

މުބާރާތުގައި ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ގޮތް:

• އެއްވަނަ ޓީމް: 25،000ރ.

• ދެ ވަނަ ޓީމް: 10،000ރ.

• ތިން ވަނަ ޓީމް: 5,000ރ.

• އެންމެ މޮޅު މަސްވެރިޔާ: 1,000ރ.

• އެންމެ މޮޅު ފިޝަރވުމަން: 1,000ރ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު