ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ފްރާންސާއި އިރާނަށް ނައިބު ރައީސް ކުރެއްވި ދެ ދަތުރަށް 1.8 މިލިއަން ރުފިޔާ ހަރަދުވި
އައިމިނަތު ޝިޔާޒާ
13 އޯގަސްޓް 2024 - 21:02
0
comments
Tweet
Telegram
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސައިން މުހައްމަދު ލަތީފް ރާއްޖޭން ބޭރަށް ކުރެއްވި ރަސްމީ ދެ ދަތުރުފުޅަށް ހަރަދުވީ 1.8 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ނައިބު ރައީސް ފްރާންސަށް ވަޑައިގަތީ އެ ގައުމުގައި ކުރިއަށްދިޔަ އޮލިމްޕިކްސް ކުޅިވަރުތައް ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އިރާނަށް ވަޑައިގެންނެވީ އެ ގައުމުގެ އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެެވެ.
ރައީސް އަދި ނައިބު ރައީސް ކުރައްވާ ރަސްމީ ދަތުރުތަކުގެ ހަރަދުގެ ތަފުސީލު ހާމަކުރައްވަން ރައީސް މުއިއްޒު ނިންމެވީ މި އަހަރުގެ ކުރީކޮޅު އެވެ. ނަމަވެސް، މީގެ ކުރިން އެކި ހަރަދުތަކަށް ވަކިން ހަރަދުވި މިންވަރު އާންމުކުރިޔަސް މިފަހަރު އާންމުކުރީ ކޮންމެ ދަތުރަކަށް ހަރަދުވި ފައިސާގެ ޖުމްލަ އަދަދު އެކަންޏެވެ.
ރަސްމީ ދަތުރުތަކުގައި ފަސްޓް ކުލާސް ހިޔާރު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވެ އެވެ. ނަމަވެސް ތަފުސީލު ނުދޭތީ ނައިބު ރައީސް ދަތުރުކުރި އެއާލައިނެއް އަދި ކުލާހެއް ނޭނގެ އެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސް ޕެރިހަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުގެ ހަރަދުގެ ގޮތުގައި ހަރަދުކޮށްފައިވަނީ 1،344،127ރ. (އެއް މިލިއަން ތިލް ލައްކަ ސާޅީސް ހަތަރުހާށް އެއްސަތޭކަ ހަތާވީސް ރުފިޔާ) ކަމަށެވެ.
އަދި އީރާނުގެ ދަތުރުފުޅަށް 464،617.43 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ނައިބު ރައީސް ވަނީ އެ ގައުމުގައި ތިބި ދިވެހި ކިޔަވާކުދިންނާ ބައްދަލުކޮށް ހުރި ދަތިތައް އޮޅުންފިލުއްވި އެވެ.
ރައީސް އޮފީހުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ދެ ދަތުރަށް ދައުލަތުން ވަނީ 1.81 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
14 ގަޑިއިރު ކުރިން
0
ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހަޅަން އާދިއްތަ ދުވަހު ހުޅުވާލަނީ
1 ދުވަސް ކުރިން
0
އިސްތިއުނާފު އަނބުރާ ގެންގޮސް، ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ނިންމައިފި
3 ދުވަސް ކުރިން
0
ނައިބު ރައީސް ޔޫއޭއީއަށް ފުރާވަޑައިގެންފި
8 ދުވަސް ކުރިން
0
ޖަޕާނުގެ އާ ސަފީރު ފަތްކޮޅު އަރުވައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މި އަހަރު ހަތް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެ: އަމީރު
13 ގަޑިއިރު ކުރިން
0
ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ދެ ބިދޭސީއަކު އަތުލައިގެންފި
13 ގަޑިއިރު ކުރިން
0
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ތިން ދަރަޖަ ފަހަތަށް
13 ގަޑިއިރު ކުރިން
0
ސްޓެލްކޯގެ މުވައްޒަފުން ތަމްރީންކުރަން ސިވެކްއާ އެކު އެއްބަސްވުމަކަށް
14 ގަޑިއިރު ކުރިން
0