ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ތިން ދަރަޖަ ފަހަތަށް
ހަސަން ހަލީމް
11 ފެބުރުއަރީ 2025 - 20:55
0
comments
Tweet
Telegram
އެކި ގައުމުތަކުގެ ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް ގަބޫލުކުރެވޭ މިންވަރު ދައްކުވައިދޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި އަނެއްކާވެސް ރާއްޖެއަށް ޕޮއިންޓު ދަށްވެ، ތިން ދަރަޖަ ފަހަތަށް ޖެހިއްޖެ އެވެ.
ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން މިއަދު އާންމުކުރި ސީޕީއައި ނުވަތަ ކޮރަޕްޝަން އޮތް ކަމަށް މީހުން ގަބޫލުކުރާ މިންގަނޑުގައި ރާއްޖެ އޮތީ 38 ޕޮއިންޓާ އެކު 180 ގައުމުގެ ތެރެއިން 96 ވަނައިގަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އެއް ޕޮއިންޓުގެ ވެއްޓުމެކެވެ. ކުރީ އަހަރު ރާއްޖެ އޮތީ 39 ޕޮއިންޓުގަ އެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނީ، މި ނަތީޖާއާ އެކު ރާއްޖެ ހިމެނެނީ 50 ޕޮއިންޓަށް ވުރެ ދަށުން ޕޮއިންޓް ލިބިފައިވާ ތިންބައިކުޅަ ދެ ބައި ގައުމުގެ ތެރޭގައި ކަމަށެވެ.
މި ނަތީޖާއިން ހާމަވަނީ ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މާ ބޮޑު ނުވަތަ އެއްވެސް ކުރިއެރުމެއް ލިބިފައިވާ ނުވާ ކަން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައި ވެ އެވެ.
މި އިންޑެކްސްގައި މިންކުރަނީ ކޮރަޕްޝަން އަށަގަނެފައިވާ ކަމަށް އާންމުނަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށްފަހު ސާވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގަ އެވެ. ރާއްޖޭގެ މިދިޔަ އަހަރުގެ ނަތީޖާ ނެރުމަށް ރިއާޔަތްކޮށްފައިވަނީ ބައިނަލްއަގުވާމީ ތިން މަސްދަރަކަށެވެ.
މިއަަހަރުގެ އިންޑެކްސްގައި އަލިއަޅުވާލާފައިވަނީ ކޮރަޕްޝަންގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ފިޔަވަޅުތަކުން ލިބޭ ގެއްލުންތަކުގެ މައްޗަށެވެ.
އެންމެ ފަހުން ރާއްޖެއަށް ކޮރަޕްޝަން އިންޑެކްސްގައި ކުރިއެރުމެއް ލިބިފައިވަނީ 2020ގައި އެކަންޏެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
14 ގަޑިއިރު ކުރިން
0
އޭސީސީގެ ނައިބުރައީސަކަށް އަހުމަދު ނާޝިދުގެ ބަދަލުގައި އަބްދުﷲ ނާޝިދު
2 ދުވަސް ކުރިން
0
އޭސީސީގެ ނައިބަކަށް ނާޝިދު އައްޔަންކުރަން ރައީސް ހުށަހަޅުއްވައިފި
8 ދުވަސް ކުރިން
0
ފުލެޓުތަކާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައިގައި އޭސީސީން ޕޮލްކޯއަށް ވަދެއްޖެ
15 ދުވަސް ކުރިން
0
ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އަމުރެއް ނުދިން
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
މި އަހަރު ހަތް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެ: އަމީރު
4 ގަޑިއިރު ކުރިން
0
ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ދެ ބިދޭސީއަކު އަތުލައިގެންފި
5 ގަޑިއިރު ކުރިން
0
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ ތިން ދަރަޖަ ފަހަތަށް
5 ގަޑިއިރު ކުރިން
0
ސްޓެލްކޯގެ މުވައްޒަފުން ތަމްރީންކުރަން ސިވެކްއާ އެކު އެއްބަސްވުމަކަށް
5 ގަޑިއިރު ކުރިން
0