ޚަބަރު
ރައީސް މުއިއްޒު އާއި ލަންކާގެ މަޖިލީހުގެ ރައީސް ބައްދަލު ކުރައްވައިފި
ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހަށް، ސްރީލަންކާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މަހިންދަ ޔަޕާ އަބޭވަރްދަނާ އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުން ކުރިއަށްދިޔައީ މިއަދު ހެދުނު އެ އޮފީހުގައި ކަމަށެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ލަންކާގެ މަޖިލީހުގެ ރައީސަށް މަރުހަބާ ދަންނަވާ، ރާއްޖެއާއެކު އެ ގައުމުން ބާއްވާ ގާތް ގުޅުން ފާހަގަ ކުރައްވައިފަ އެވެ. އަދި، އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ލަންކާގެ ރިޔާސީ އިންތިހާބު ސުލްހަވެރިކޮށް ކުރިއަށް ގެންދިއުމަށް ރައީސް މުއިއްޒު އެދިވަޑައިގެންނެވި ކަމަށް ވެސް އެމަނިކުފާނުގެ އޮފީހުން ބުންޏެވެ.

ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 26 ޖުލައި 1965ގައެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު