ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ލޭނު އެޅުމުން މަސްވެރިކަމާއި ޓޫރިޒަމަށް ގެއްލުން ވާނެ: ނަޝީދު
މަރިޔަމް އަނާ
17 އޯގަސްޓް 2024 - 02:00
0
comments
Tweet
Telegram
ރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ނަޝީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ތެރޭގައި މަޑިއާއި ކޯމަހާއި މިޔަރު އަދި ކަނޑުމަތީ ދޫނިތައް ގިނަ އަދަދަކަށް ހިފޭ ކަމަށެވެ. އެކަމުގެ ސަބަބުން މަސްވެރިކަމާއި ފަތުރުވެރިކަމަށް ގެއްލުންވާނެ ކަމަށެވެ.
އެފަދައިން ވިދާޅުވެ ނަޝީދު އެކްސްގައި ޕޯސްޓެއް ކުރައްވާފައިމިވަނީ ލޭނުގެ މަސްވެރިކަން ރާއްޖޭގައި ކުރެވޭ ގޮތަށް ފިޝަރީޒް މިނިސްޓްރީން ގަވާއިދު ހަދައި، އާންމުންގެ ހިޔާލަށް ހުޅުވާލާފައިވާ ދަނޑިވަޅެއްގައެވެ. ގިނަ ބަޔަކު ދަނީ ލޭނުގެ މަސްވެރިކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުންނެވެ. އަދި ދަނީ ލޭނުގެ މަސްވެރިކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް އޮންލައިންކޮށް ކުރަމުންނެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ މާޗު މަހު އެވެ.
ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ ލޭނުމަސްވެރިކަން ކުރުމާ ބެހޭ ގަވާއިދެއް އެކުލަވާލައި އާންމުންގެ ހިޔާލަށް ވެސް ހުޅުވާލާފަ އެވެ.
ސަރުކާރުގެ އެ ނިންމުމާ ދެކޮޅު ހަދައި ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުގެ އިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިންޓަނޭޝަނަލް ޔޫނިއަން އޮފް ފުޑް، އެގްރިކަލްޗަރަލް، ހޮޓެލް، ރެސްޓޯރެންޓު، ކޭޓަރިން، ޓޮބޭކޯ އެންޑް އެލައިޑް ވޯކާސް އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިވެ އެވެ.
ނަމަވެސް ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެއްވެސް ބަދަލެއް ގެންނާކަށް އަދި ނުނިންމަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
ރާއްޖޭގެ މަސް އެކްސްޕޯޓް 49 ޕަސަންޓް ދަށަށް
27 ދުވަސް ކުރިން
0
މިފްކޯގައި އޮތް ކޮރަޕްޝަން މުލުން ލުހެލާނަން: ރައީސް
27 ދުވަސް ކުރިން
0
މަސްވެރިންގެ އުންމީދުތަކާ ގުޅޭގޮތަށް ކަންކަން ފަހިކޮށްދޭނަން: ރައީސް
2 މަސް ކުރިން
0
އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ވިއްކަން ފަށައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ކުނި މަގުމަށްޗަށް ނުނެރުމަށް އިލްތިމާސްކޮށްފި
2 ގަޑިއިރު ކުރިން
0
މޯލްޑިވިއަން އިން ކުއަލަލަމްޕޫރާއި ބެންކޮކްގައި ޖޭއެސްއޭ ހޯދަނީ
2 ގަޑިއިރު ކުރިން
0
ވޭޕް ބޭނުންކޮށްގެން މިހާތަނަށް ޖޫރިމަނާގެ ގޮތުގައި 130500ރ.
2 ގަޑިއިރު ކުރިން
0
ބަލިމީހެއްގެ ޒާތީ މައުލޫމާތު ލީކުވި މައްސަލައެއް މިނިސްޓްރީން ބަލަނީ
2 ގަޑިއިރު ކުރިން
0