
އެކަމާ ގުޅިގެން ކަމަދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، އެ ކައުންސިލާ އެކު ކުރި މަޝްވަރާގެ ތެރެއިން ސަން ސިޔާމް ކެއާގެ ފަރާތުން ވަނީ ކަމަދޫ ރައްޔިތުންނަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން އުސޫލެއްގެ ދަށުން ދޭން ނިންމާފައިވާ ކަމަށެވެ.އެހީ ބޭނުންވާ މީހުން އެކަމާ ގުޅޭ ފޯމާއި ލިޔެކިޔުންތައް ކައުންސިލް އިދާރާ އަށް ހުށަހެޅުމުން، އެ ރަށު ކައުންސިލުން އެ އެހީ ހޯދުމަށް މަސައްކަތް ކޮށްދޭނެ ކަމަށް އިއުލާނުގައި ވެ އެވެ.ހިލޭ އެހީ ދިނުމުގެ ޕްރޮގްރާމްގެ ދަށުން އެހީ ލިބޭނެ މިންވަރު ކަނޑައަޅާނީ ސަން ސިޔާމް ކުންފުނިން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައެވެ.ސިޔާމަކީ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ އެންމެ ދުވަސްވީ މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ. އޭނާ މިހާރު ފުރުއްވަމުން ގެންދަވަނީ ފަސް ވަނަ ދައުރެވެ.