ކަމަދުއަށް ސީޕްލޭން ފަށަން މޯލްޑިވިއަނުން ހޯކްސްއާއެކު ސޮއިކޮށްފި
އިސްމާއިލް ރިޒާ
11 އޯގަސްޓް 2025 - 13:43
0 comments
ކަމަދު އަށް ސީޕްލޭންގެ ހިދުމަތް ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ބ. ކަމަދޫއަށް ސީޕްލޭންގެ ޚިދުމަތް ދިނުމަށް ޓަކައި، އައިލެންޑް އޭވިއޭޝަނުން ހޯކްސް ހޮޓެލްސްއާއެކު މިއަދު ސޮއިކޮށްފި އެވެ.
ކަމަދޫގައި މި ހިދުމަތް ފަށަން ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތެވެ. އެމަނިކުފާނު ބ. އަތޮޅުގެ 13 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ކަމަދުއަށެވެ.ކަމަދޫގެ ގިނަ ބަޔަކު ބައިވެރިވި ރަސްމިއްޔާތުގައި، މޯލްޑިވިއަންގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް އެވެ. ހޯކްސް ހޮޓެލްގެ ފަރާތުން ސޮއި ކުރެއްވީ ހޯކްސް ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަމަން އެވެ.ރަށުފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި އޮންނަ ކަމަދޫއަށް ވެސް ބަންދުތަކުގައި ގިނަ ބަޔަކު ޒިޔާރާތްކުރެއެެވެ. އަދި ކަމަދޫއަކީ ގެސްޓުހައުސް ވިޔަފާރި ވެސް ފުޅާ ދާއިރާއެއްގައި ހިންގާ ވެސް ރަށެކެވެ. އެގޮތުން ހޯކްސް ކުންފުނިން ވެސް އެ ރަށުގައި މަތީ ފަންތީގެ ދެ ގެސްޓުހައުސް އަންނަނީ ހިންގަމުންނެވެ.ބ. އަތޮޅުގައި މިހާރު ވައިގެ ދަތުރުފަތުރު ބާއްވަނީ ދަރަވަންދޫގައި އޮންނަ އެއާޕޯޓަށެވެ. އެއީ ވެސް ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރާ ރަށެކެވެ.
ކިޔުންތެރިންގެ ޝުއޫރު