
ރައީސް ޑރ. މުއިއްޒު މި އޭޓީއެމް ހުޅުއްވައި ދެއްވީ މާޅޮސްމަޑުލު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަމަދޫއަށް ވަޑައިގެންނެވެ.ކަމަދޫގައި މި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައި ދެއްވައި ރައީސް ވަނީ އޭޓީއެމުން ފައިސާ ވެސް ނަންގަވައިފަ އެވެ. އެމަނިކުފާނުގެ އަރިހުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވި ވެ.އޭޓީއެމް ޚިދުމަތް ފެށުމާ ގުޅިގެން ބީއެމްއެލް އިން ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާ ހަވާލުކޮށްފައިވެ އެވެ. ކަމަދޫ ކައުންސިލުގެ ފަރާތުން އެއާ ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސް ޙަސަން ޒަރީރެވެ.ކަމަދޫ ބަހައްޓާފައިވަނީ 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމަޢު ކުރުމުގެ ހިދުމަތް ލިބޭ ސެލްފް ސާވިސް އޭޓީއެމްއެކެވެ. މީގެ އިތުރުން ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް އޭޓީއެމް މެދުވެރިކޮށް ލިބޭނެއެވެ.