ޚަބަރު
ކަމަދޫގައި ވޯޓާ ޕާކެއް ތަރައްގީކުރަނީ
ބ. ކަމަދޫގައި މޫދު ކުޅިވަރަށް ހާއްސަކޮށްގެން ވޯޓާ ޕާކެއް ހެދުމަށް އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ކަމަދޫ ކައުންސިލްގެ ރައީސް ހަސަން ޒަރީރު ވިދާޅުވީ މި ވޯޓަރ ޕާކް ތަރައްޤީކުރަނީ އެރަށުގައި ދިވެހިންނަށް ޚާއްސަ ބީޗުގައި ކަމަށެވެ.

ކަމަދޫއަކީ ލޯކަލް ޓޫރިޒަމް ވަރަށް ވަރަށް ބޮޑަށް ފުޅާވެފައިވާ ރަށެކެވެ. އެގޮތުން މި ބީޗަކީ އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްހަމަޖެހުން ގެނުވާނެ ތަނަކަށްވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށް ޒަރީރު ވިދާޅުވި އެވެ.

ޒަރީރު ވިދާޅުވީ، ވޯޓާ ޕާކަށް ބޭނުންވާ ސާމާނު ހޯދަން ކޮންޓްރެކްޓަރަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، 40 ދުވަސްތެރޭ އެތަކެތި ލިބޭނެ ކަަމަށެވެ.

އެ ރަށުގައި ހަދާ ބީޗަކީ އެ ރަށަށް ޒިޔާރަތްކުރާ މީހުންނަށް ހިތްހަމަޖެހުން ގެނުވާނެ ތަނަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ޒަރީރު ވިދާޅުވި އެވެ.

މި މަޝްރޫޢުއަށް ބޭނުންވާ ފައިސާ ހަމަޖައްސާފައިވަނީ ކައުންސިލްގެ ބަޖެޓުންނަށް ބައެއް އަމިއްލަ ފަރާތްތަކުން ލިބިފައިވާ އެހީތަކާއި އެކުގައިކަމަށް ކައުންސިލުން ބުންޏެވެ.

 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު