ތިލަފުށީ ގުދަނެއްގައި ރޯވެ، މީހަކު ފިހިއްޖެ
އަލީ ރާޒީ
22 އޯގަސްޓް 2024 - 11:19
0 comments
ތިލަފުށީގެ ގުދަނެއްގައި ރޯވެފައި: ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އަންނަނީ ކުރަމުން -
ކ. ތިލަފުށީގައި ހުރި މެރިންޑޯ ވޯކްޝޮޕްގައި ހިނގި އަލިފާނުގެ ހާދިސާގައި ދިވެއްސަކު މިއަދު ފިހިއްޖެ އެވެ.
އެ ހާދިސާގެ ފޮޓޯއާއި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އިމާރާތެއްގައި ވަރަށް ބޮޑަށް ރޯވެ، ދުން އަރަމުންދާ މަންޒަރު ފެނެެއެވެ.އެ ސަރަހައްދުން ވީޑިއޯއާއެކު މައުލޫމާތު ހިއްސާކުރި މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި، ރޯވެފައިވަނީ މެރިންޑޯ މެރިންވޯކްސްގެ ވޯކްޝޮޕްގަ އެވެ.އެމްއެންޑީއެފުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ އަލިފާން ނިއްވުމަށް ތިލަފުށީ ފަޔާ ސެންޓަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު