ޚަބަރު
ޑްރަގް ކޯޓުން ވައްކަން ކޮށްފި
ޑްރަގް ކޯޓުން ރޭގެ ވަގުތެއްގައި ވައްކަން ކޮށްފި އެވެ.

އެ ކޯޓްގެ ޝަރީއަތްކުރާ މާލަމުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ވަދެ ރޭ ވަގަށް ނަގާފައި ވަނީ ފައިސާތަކެއްގެ އިތުރުން ބައްތި ފޯނެކެވެ. ޑްރަގް ކޯޓުން ބުނީ މުވައްޒަފުންގެ ލޮކަރުތަކުގައި ހުރި އެއްޗެހި ނެގުމަށް އޭގެ ތަޅު ވެސް ހަލާކުކޮށްފައވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ޑްރަގް ކޯޓުން ވައްކަން ކޮށްފައިވާއިރު، މީގެ ކުރިން 2022 ވަނަ އަހަރުގެ ތެރޭގައި ވެސް އެކޯޓުން ވައްކަން ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު