ޚަބަރު
މާމަކާފަ ދުވަހުގެ ތަހުނިޔާ ރައީސް ވިދާޅުވެއްޖެ
މިއަދު ފާހަގަކުރާ ގައުމީ މާމަ/ކާފަ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ގައުމީ ފެންވަރެއްގައި މާމާ، ކާފަ ދުވަސް ފާހަގަކުރުމުގެ މަގުސަދަކީ އުމުރުން ދުވަސްވީ މީހުން ގައުމަށް ކޮށްދީފައިވާ ހިދުމަތްތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމާއި، އެ މީހުންގެ ތަޖުރިބާއާއި މަޢުލޫމާތު ހިއްޞާކުރުމަކީ މުހިންމުކަމެއްކަން ހާމަކޮށްދިނުމާއި، ސްކޫލްތަކާއި ހިންގޭ އެހެނިހެން ޕްރޮގްރާމްތަކުގައިވެސް މިކަމަށް އަހަންމިއްޔަތުކަން ދިނުމުގެ އިތުރުން މުޖުތަމަޢުގެ އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް މި ފަދަ ދުވަހެއް ފާހަގަކުރުމެވެ.

އެމަނިކުފާނު ތަހުނިޔާ ވިދާޅުވީ ސޯޝަލް މިޑިއާ ޕޯސްޓެއްގަ އެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވީ އާރުލާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް، ކޮންމެ މާމައަކާއި ކާފައެއްގެ ނަސޭހަތާއި މަގު ދެއްކުން ދިވެހި ގައުމަށް ބޭނުންވާ ކަމަށެވެ.

‎ގައުމީ މާމަ/ކާފައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 1 އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު