
ފުުުލުހުން ބުނީ ޑްރަގް ކޯޓުން ވައްކަން ކޮށްފައިވާ ކަމަށް މިދިޔަ މަހު 27 ގައި ރިޕޯޓު ކޮށްފައިވާ ކަމަށެވެ.އެ މައްސަލާގައި މިދިޔަ އަންގާރަ ދުވަހު ސ. ހިތަދޫ ދެކުލައަރާގޭ، މުހައްމަދު އަސްލަމް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، 15 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.ޑުރަގް ކޯޓުގެ ޖަލްސާ ކުރާ މާލަމުގެ ކުޑަދޮރު ހަލާކު ކޮށްގެން ވަދެ އޭނާ ވަނީ އެކޯޓުގެ ރެކްރިއޭޝަން ކުލަބުގެ ފައިސާތަކެއް ވަގަށް ނަގާފައެވެ.