ވިޔަފާރި
އުރީދޫގެ ނައިފަރު މަސް ރޭސް ޗެމްޕިއަންކަން ހުސްބުޅި އަށް
އުރީދޫ މަސްރޭސް ޅ. ނައިފަރު ޗެމްޕިއަން ހުސްބުޅި

އުރީދޫ މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2024 ޅ. ނައިފަރުގެ ޗެމްޕިއަންކަން ޓީމް ހުސްބުޅި ހޯދައިފި އެވެ.

ނައިފަރުގައި އިއްޔެ އޮތީ މި އަހަރުގެ އުރީދޫ މަސްރޭހުގެ ތިން ވަަނަ ރޭހެވެ. މިއަހަރު އުރީދޫގެ މަސް ރޭސް ބާއްވާފައިވާ އިތުރު ދެ ރަށަކީ ކ. ހިންމަފުށްޓާއި ގދ. ތިނަދޫ އެވެ. މި ފަހަރުގެ މަސް ރޭހުގައި އެ ދެ ރަށުން ހޫނު ތަރުހީބެއް ލިބުނެވެ.

ނައިފަރުގައި ކުރިއަށްދިޔަ މަސްރޭހުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ހުސްބުޅި ޓީމެވެ. ހުސްބުޅި ޓީމުން 921.4 ޕޮއިންޓު ހޯދާފައިވެއެވެ. އަދި ދެވަނަ 698.45 ޕޮއިންޓާއިއެކު ޗިލް ބްރޯޒް ހޯދާފައިވާއިރު، ނައިފަރު މަސްރޭހުގެ ތިންވަނަ ހޯދާފައިވަނީ ކޮރަކަލި ޓީމެވެ. ކޮރަކަލި ޓީމުން 438.3 ޕޮއިންޓު ހޯދާފައިވެ އެވެ.

މަސްރޭހުގެ އެންމެ ބަރުމަސް ބާނާފައިވަނީ ޓީމް އަލިފަސްގެ މުހައްމަދު ނަޝީދުއެވެ. މުހައްމަދު ނަޝީދު ބާނާފައިވަނީ 9.4 ކިލޯގެ މުޑަ ހަނދިއެކެވެ. މި މަސްރޭހުގެ އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް ހޮވިފައިވަނީ ޗިލް ބްރޯޒްގެ އަލީ އަބްދުﷲއެވެ. އަލީ އަބްދުﷲ 24 މަސް ބާނާފައިވެއެވެ. އަދި އެންމެ މޮޅު އަންހެން ކެޔޮޅަކަށް ހޮވިފައިވަނީ ޓީމު ކޮރަކަލިީގެ ޖަވާދާ އަހުމަދުއެވެ. ޖަވާދާ 15 މަސް ބާނާފައި ވެ އެވެ.

މި މުބާރާތަކީ އަގުހުރި ފައިސާގެ އިނާމު ހުށަހަޅައިގެމް ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގެ އެއް ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެވަނަ އަށް 10،000ރ. ހުށަހަޅާފައި ވާއިރު، ތިން ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 5،000ރ. އެވެ. އަދި އެންމެ މޮޅު މަސްވެރިޔާއަށް 1،000ރ. ހުށަހަޅާފައިވާއިރު އެންމެ މޮޅު ފިޝަވުމަން ނުވަތަ އަންހެން މަސްވެރިޔާ އަށް ވެސް 1،000ރ. ވަނީ ހުށަހަޅައިފަ އެވެ. އޭގެ އިތުރުން އެންމެ މޮޅު މަސްވެރިޔާ އާއި އަންހެން މަސްވެރިޔާ އަށް ޕިއޯ އަލްޓިމެޓްސީ ސްޕިރިޓް/ގޭންގްސްޓަ (އެޗް/ޑީ) ދޮށްޓެއް ވެސް ވަނީ އިނާމަކަށް ހުށަހަޅައިފަ އެވެ.

މިއީ އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ މަސް ރޭހެކެވެ. މި ރޭސް ފެށީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު