ޚަބަރު
އިސްތިއުފާ ދިން ހޯމް މިނިސްޓްރީގެ ޕީއެސްއަށް ޑެޕިއުޓީ މިނިސްޓަރުކަން
ހިންނާ ހާލިދު
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީގެ މަގާމުން މިދިޔަ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވި ހިންނާ ހާލިދު، ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.

ހިންނާ ހާލިދު ހޯމް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އައްޔަނު ކޮށްފައިވަނީ ޖޫން 6 ވަނަ ދުވަހުއެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވިކަން މީޑިއާތަކަށް ހާމަވެފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހިންނާއަށް އިއްޔެ ވަނީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ދެއްވާފަ އެވެ.

ހިންނާ އަކީ ހޯމް މިނިސްޓްރީ އަދި ރައީސް އޮފީހުގެ އެކި މަގާމުތައް ފުރުއްވާފައިވާ ފަރާތެކެވެ.

ސިވިލް ސާވިސްގެ މަގާމަކުން އިސްތިއުފާދެއްވި ފަރާތަކަށް ސިޔާސީ މަގާމެއް ދެއްވަން ރައީސް މި ނިންމެވީ، ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ސިޔާސީ މަގާމުތައް މަދުކުރަން ނިންމާވައިވާ ދަނޑިވަޅެއްގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު