
އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސަބްސްޓޭޝަނަށް އެނާޖައިޒް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މާދަމާ ހެނދުނު 6:00 އިން 7:00 އަށް މާލެ އާއި ހުޅުމާލެގެ ބައެއް ސަރަަހައްދުތަކުން ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށެވެ.ސްޓެލްކޯ އިން ބުނިގޮތުގައި، އެ ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި ހައިވޯލްޓޭޖް ސްވިޗް ގިއަރާއި ހުޅުމާލެ 2 އަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ބަހައްޓާފައިވާ މީޑިއަމް ވޯލްޓޭޖްގެ އައުޓްގޮއިން ފީޑަރުތައް ހިމެނެ އެވެ.