ޚަބަރު
އޯލެވެލް/އޭލެވެލްގެ އެންމެ ރަނގަޅު ނަތީޖާ ހޯދި 441 ކުއްޖަކަށް އިނާމު ދީފި
ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށްދޭ "މަތީ އަރުތަވެރީންގެ އިނާމު" 441 ދަރިވަރުންނަށް ދީފިއެވެ. ތިން ދަންފަޅިއަށް ބަހާލައިގެން ކުރިއަށްގެންދިޔަ މިރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އޭ ލެވެލް އިމްތިހާނުން މުޅި ދުނިޔެއިން އެއް ވަނައަށް ދިޔަ ދަރިވަރުން އަދި ރާއްޖެއިން ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް ވަނީ އިނާމު ދީފަ އެވެ. ދަރިވަރުންނަށް ޓްރޮފީ އާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

އޭ ލެވެލް އިމްތިހާނުގައި ދެ އަހަރު ތެރޭ ދިވެހިރާއްޖޭގެ 3268 ދަރިވަރުން ފުރިހަމަ ކުރި އެވެ. އޭގެ ތެރެއިން 376 ދަރިވަރުން ގައުމީ ގަދަ 10 ގައި ވަނީ ހިމެނިފަ އެވެ.

މުޅި ރާއްޖެއިން އެންމެ ގަދަ 10 ގެ އެއްވަނަ 17 ދަރިވަރަކު ހާސިލުކުރިއިރު ވަކިވަކި މާއްދާތަކުން ނުވަ ދަރިވަރަކު ވަނީ ދުނިޔެއިން އެއްވަނަ ހޯދާފަ އެވެ.

އޭގެއިތުރުން ތިން އޭ ސްޓާ ހޯދައިގެން "އޭލެވެލް ސެޓްފިކެޓް އޮފް އެކްސެލެންސް" 27 ދަރިވަރަކު ހާސިލުކުރި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު