ވިޔަފާރި
ޗައިނާ އާއި ރާއްޖެއާ ދެމެދު ރުފިޔާއިން މުއާމަލާތް ކުރެވޭ ގޮތަށް އެއްބަސްވުމެއް ސޮއިކޮށްފި
ދިވެހި ސަރުކާރާއި ޗައިނާގެ މަރުކަޒީ ބޭންކް، ޕީޕަލްސް ބޭންކް އޮފް ޗައިނާއާ ދެމެދު، ކަރަންޓް އެކައުންޓް މުޢާމަލާތްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދިނުމަށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

މިއީ ދެ ގައުމުން ވެސް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދިޔަ އެއްބަސްވުމެކެވެ. މި އެއްބަސްވުމާއެކު ދެ ގައުމުގެ މެދުގައި ވިޔަފާރި ކުރަން އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

"މި ފަހުމުނާމާގެ ދަށުން ދެ ގައުމުގެ މެދުގައި ކަރަންޓު އެކައުންޓް މުއާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓުތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހިކޮށްދޭ އޮނިގަނޑެއް ގާއިމުކުރެވި, ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓު ގުޅުންތައް އިތުރަށް ހަރުދަނާ ވެގެންދާނެ," އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، މި އެއްބަސްވުމަކީ ރާއްޖޭގެ އިގުތިސާދު ފުޅާކުރުމާއި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ފުޅާ ތަސައްވަރުގެ ތެރެއިން މުހިންމު ފިޔަވަޅަކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު