ޚަބަރު
މާލީގޮތުން ރާއްޖެއަށް އެހީވާން އިންޑިއާ އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުކޮށްފި
ރާއްޖެއަށް ސުކޫކަށް ފައިސާ ނުދެއްކި، ޑީފޯލްޓްވުމުގެ ނުރައްކާ އޮތް ދަނޑިވަޅެއްގައި އެކަމުން ސަލާމަތްކޮށްދިނުމަށް އިންޑިއާއިން އޮތީ މާލީ އެހީ ދޭން ތައްޔާރަށް ކަމަށް އެގައުމުގެ ކަމާ ގުޅުން ހުރި އޮފިޝަލުންތަކަކާ ހަވާލާދީ ބޭރުގެ ނޫސްތަކަކުން ރިޕޯޓުކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކަށް ދީފައިވާ މައުލޫމާތުގައިވާގޮތުން ރިޒާވް ބޭންކް އޮފް އިންޑިއާ، އާރްބީއައިގެ ކަރަންސީ ސްވޮޕް ޕްރޮގްރާމުގެ ދަށުން 400 މިލިއަން ޑޮލަރު ލިބުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތެވެ. އަދި 2019 ވަނަ އަހަރު ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ވެސް އެހީ ހޯދުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

ދިވެހި ސަރުކާރުން މިކަމާއި ގުޅޭގޮތުން މިހާތަނަށް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. 

ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތު ގޯސްވެފައިވާއިރު، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން ސީއޭއޭ1އިން ސީއޭއޭ2އަށް ދަށް ކޮށްފައެވެ. މޫޑީސްއެކޭ އެއްގޮތަށް މިދިޔަ މަހު ފިޗްއިން ވެސް ވަނީ ރާއްޖޭގެ ރޭޓިން ސީސީސީ ޕްލަސްއިން ސީސީއަށް ދަށްކޮށްފައެވެ.

މި ބަދަލު ގެނައީ ކުރިއަށް އޮތް ދެ އަހަރު ދައްކަން ޖެހޭ ދަރަނި އިތުރުވުމުންނެވެ. އެގޮތުން އަންނަ އަހަރު ދައްކަންޖެހޭ 600 މިލިއަން ޑޮލަރާއި 2026 ވަނަ އަހަރު ދައްކަންޖެހޭ އެއް ބިލިއަން ޑޮލަރު ހިމެނޭކަން މޫޑީސްއިން ފާހަގަކޮށްފައިވެއެވެ.

ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުން، ރާއްޖޭއިން ވިއްކާފައިވާ ސުކޫކެއް ޑިފޯލްޓްވުމުގެ ފުރުސަތު އޮތްކަމަށް ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެއެވެ. 

މިދިޔަ ހަފުތާގައި ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ހީނާ ވަލީދު ވަނީ އެ ދަތުރުފުޅު އިއުލާނުކުރައްވައި، އެ ދަތުރު ކުރައްވާނެ ވަކި ތާރީޚެއް އަދި ނިންމަވާފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު