ޚަބަރު
ހައްޖު ކޯޕަރޭޝަން އޮފީހުގެ އާ އިމާރާތުގެ ބިންގާ އަޅައިފި
ހައްޖު ކޯޕަރޭޝަންގެ އާ އިމާރާތަކީ އެ ކޯޕަރޭޝަނުން އަމިއްލަ ފައި މައްޗަށް ތެދުވުމަށް ކުރާ މަސައްކަތުގެ ފެށުންކަމަށް އެ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަކީލްއާއި އެ ކޯޕަރޭޝަންގެ އިސްވެރިންނެވެ.

ހައްޖު ކޯޕަރޭޝަންގެ އައު އިމާރާތް އަޅަނީ ހުޅުމާލޭ އަމީން އެވެނިއު ކުރިމަތިން އޮންނަ ހުސް ބިމުގަ އެވެ. 5000އަކަފޫޓުގެ މި ބިމުގައި ހައްޖު ކޯޕަރޭޝަންގެ އިމާރަތް އެޅުމަށް ހަވާލުކޮށްފައިވަނީ "މެޑްޓެކް މޯލްޑިވްސް"އަށެވެ. މި މަސައްކަތް ކުރުމަށް "މެޑްޓެކް" އަށް ހަވާލުކޮށްފައިވަނީ 18 މަސްދުވަހުން ނިންމާގޮތަށެވެ.

ހައްޖު ކޯޕަރޭޝަންގެ އައު އިމާރާތް ފަރުމާކުރާނީ 9 ފަންގިފިލާއަށެވެ. މި އިމާރާތުގެ މަސައްކަތް ނިމުމާއެކު ހައްޖު ކޯޕަރޭޝަންގެ އޮފީސް ހުޅުމާލެއަށް ބަދަލުކުރާ ގޮތަށް ވަނީ ނިންމާފަ އެވެ. އަދި އެ އިމާރާތުގެ ބައެއް ފަންގިފިލާތައް އޮފީސް ޖާގައިގެގޮތުގައި ކުއްޔައްދީގެން ކުންފުންޏަށް އާމްދަނީ ހޯދުމަށް ވަނީ ނިންމާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު