ޚަބަރު
ހައްޖު ކޯޕަރޭޝަން އެމްޑީ ޝަކީލްގެ ނަމުގައި ސްކޭމް ކޯލްތަކެއް!
އެމްޑީ ޝަކީލް: އެމްޑީ ޝަކީލްގެ ނަމުގައި ފައިސާ ހޯދުމަށް ސްކޭމް ކޯލްތަކެއް ކުރާތީ ސަމާލުވާން އެދިއްޖެ
ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލްގެ ނަން ބޭނުންކޮށްގެން އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދަމުންދާ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ވިދާޅުވީ، ގ. ދަލާސްޓް އަބްދުﷲ ރަޝީދު ކިޔާ މީހަކު އެކި ފަރާތްތަކަށް ޝަކީލްގެ ނަމުގައި ގުޅައިގެން ފައިސާ ހޯދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މިގޮތުން، އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދުމަށް އެ މީހާ ސްކޭމް ކޯލުތައް ކުރާތީ ޝަކީލް ވަނީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

"އަޅުގަނޑުގެ ފަރާތުން ކަމަށް ބުނެ އެއްވެސް ފަރާތަކުން ފައިސާ ހޯދުމަށް ކުރާ ފޯން ކޯލްތަކަށް އިޖާބަ ނުދިނުމަށް ދަންނަވަން، އަދި މި މައްސަލަ ބަލައިދިނުމަށް އެދި ފުލުހަށް ހުށަހަޅާފައިވާ ކަމަށް ދަންނަވަން،". އޭނާ ވިދާޅުވިއެވެ.

ފުލުހުން ދަނީ ސްކޭމްތައް ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ފުލުހުން ވަނީ ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް ހާއްސަ އެންޓި-ސްކޭމް ސެންޓަރެއް ގާއިމް ކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު