ޚަބަރު
ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމްދީނުގެ މައްޗަށް: ރައީސް
ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމް ދީނުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން ކުރެއްވި ޕޯސްޓެއްގަ އެވެ. 

ރައީސް ވިދާޅުވީ ދިވެހި ގައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމު ބިނާކުރަންވާނީ އިސްލާމް ދީނާއި ދިވެހި ރައްޔިތުން ގަބޫލުކުރާ ހަމަތަކާއި، ދިވެހިވަންތަ އާދަކާދަތަކުގެ މައްޗަށް ކަމަށެވެ.

ރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރަން ފެށީ ދިވެހިން މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ ތަސްދީގު ކުރެއްވި ދުވަހުން ފެށިގެންނެވެ.

އޭގެފަހުން މިވީ 17 ވަރަކަށް އަހަރުގެ ތެރޭގައި ދިވެހި ދައުލަތުގެ ތިން ބާރު ވަކިކުރެވި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެ އެވެ. 

ޑިމޮކްރަސީއަކީ ރައްޔިތުން ބާރުވެރިކުރުވާ، ރައްޔިތުންގެ ކިބައިން ވެރިކަމުގެ ބާރު އޮންނަ އަދި ރައްޔިތުންގެ ބާރު ވެރިކަމުގައި ފުޅާގޮތެއްގައި އޮންނަ ނިޒާމެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު