
މައްސަލަ އަނބުރާ ފޮނުވާލަން ހައި ކޯޓުން މިދިޔަ ހަފުތާގައި ނިންމީ ޖިހާދު މިހާރު ދިރިއުޅުއްވާ އެޑްރެސް ސާފު ނުވުމުންނެވެ. އޭނާ ދިރިއުޅޭ އެޑްރެސް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ކޯޓަށް ފޮނުވި އެޑްރެހުގައި ޖިހާދު ދިރިނޫޅުއްވާ ކަމަށް އެ ގެއަށް ޗިޓް ހަވާލުކުރަން ދިޔުމުން ވަނީ ބުނެފަ އެވެ.އެހެންވެ، ހައި ކޯޓުން ވަނީ ޖިހާދަށް ޗިޓް ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަހު، އަލުން މައްސަލަ ހުށަހަޅަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބޭނުންވާނަމަ، އެ ފުރުސަތު އޮތް ކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ އެވެ.