ޚަބަރު
ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި
ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްފި އެވެ. މި ބަދަލު ގެނެސްފައިވަނީ ރޭ 12:00 އިން ފެށިގެންނެވެ.

ސްޓެލްކޯއިން ބުނީ މިއީ ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއް ކަމަށެވެ.

މި އަހަރުގެ އޯގަސްޓް މަހުގެ 28 ވަނަ ދުވަހު ސްޓެލްކޯ އިން ވަނީ ހޮޓްލައިން 1545 ތައާރަފުކޮށްފަ އެވެ. އަދި އެ ކުންފުނީގެ ހޮޓްލައިން މެދުވެރިކޮށް ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތަކާއި ގުޅުންހުރި މައުލޫމާތު ލިބިގަނެ، ކަރަންޓު ބިލްތަކާއި ގުޅުންހުރި ޝަކުވާތައް ހުށަހެޅޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

"ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހިދުމަތް މިއަދު 24 ގަޑިއިރަށް ބަދަލުވެގެންދިޔައިރު، މިއީ ސްޓެލްކޯގެ ޚިދުމަތް ފުޅާކޮށް، ސްޓެލްކޯއިން ދެމުންދާ ޚިދުމަތްތަކަކީ ޒަމާނާ އެއް ހަމައެއްގައި ފައިހަމަކުރާ ޚިދުމަތްތަކަކަށް ހެދުމަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތަށް އަޅުގަނޑުމެންނަށް އިތުރުކުރެވުނު ބޮޅެއް،" ފަހުމީ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ މި ޚިދުމަތް ވެގެންދާނީ ސްޓެލްކޯއަށް މިހާރު ވެސް ރައްޔިތުން ކުރާ ފުރިހަމަ އިތުބާރު އިތުރުވެ، ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމުގައި ކުރިއަށް އެޅޭ ފިޔަވަޅަކަށް ކަމަށެވެ.

 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު