ވިޔަފާރި
އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑު ހަދަން ސްޓެލްކޯއިން ޝައުގުވެރިވެއްޖެ
އިސްލާމީ މަރުކަޒު މުންނާރު ތިރީގައި އޮންނަ މަސް ފެންގަނޑު މަރާމާތު ކުުރުމުގެ މަސައްކަތް ކުރުމަށް ސްޓެލްކޯއިން ޝައުގުވެރިވެއްޖެ އެވެ.

އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދާނެ ކުންފުންޏެއް ހޯދަން އިއުލާން ވެސް ކުރިއެވެ. އެހެން ނަމަވެސް މާލީ ހާލަތާއި ގުޅިގެން އެ އިއުލާން ބާތިލް ކުރަން އަންގާފައި ވެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއާ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ބައްދަލުކުރައްވާ، އިސްލާމީ މަރުކަޒުގެ މުންނާރުގެ ދަށުގައި ހުންނަ މަސްފެންގަނޑު މަރާމާތު ކުރުމަށް ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިއީ ސްޓެލްކޯގެ ސީއެސްއާރްގެ ދަށުން ކުރަން ބޭނުންވާ މަސައްކަތެކެވެ.

އިސްލާމީ މަރުކަޒުގެ މަސްފެންގަނޑާއި އިމާރާތުގެ ގޯތިތެރޭ ގަސް އިންދާފައި ހުރި ދެ ޕާކު ޒީނަތްތެރިކޮށްދޭނެ ބަޔަކު ހޯދުމަށާއި ގަސް ބުރުތަކުގައި ކުލަ ލައިޓު ޖަހައިގެން ޒީނަތްތެރިކޮށްދޭނެ ބަޔަކު ހޯދުމުގެ އިތުރުން ގިޑިގެއެއް އަޅައިދޭނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީ އިން އިއުލާންކުރީ އެ އިމާރާތަށް 40 އަހަރު ފުރުމާ ދިމާކޮށެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު