ޚަބަރު
މަސްފެންގަނޑު ހަދަން ކުރި އިއުލާން ބާތިލުކުރަން ވަޒީރު އަންގަވައިފި
އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ހަދާނެ ކުންފުންޏެއް ހޯދަން ކުރި އިއުލާން ބާތިލް ކުރަން އަންގަފައި ވާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝަހީމް މިއަދު ވިދާޅުވީ އިގުތިސާދީ ހާލަތު ހުރި ގޮތުން މިވަގުތު އެފަދަ ކަންކަން ކުރުމަކީ އެންމެ މުނާސަބު ކަމަކަށް ނުވާތީ މަސްފެންގަނޑު ހަދަން ކުރި އިއުލާން ބާތިލުކުރުމަށް އަންގަވާފައިވާ ކަމަށެވެ.

އެ ފެންގަނޑަކީ މީގެ ކުރިން ވެސް އެތަނުގައި އޮތް ފެންގަނޑެއްކަން ޝަހީމް ފާހަގަކުރެއްވި އެވެ. 

އެ ވުޒާރާއިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަނގަކުރާ މުނާސަބަތާއި ގުޅިގެން އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކަމަށްވެސް އެ އިއުލާނުގައި ވެއެވެ.

އެހެންކަމުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ، މައުލޫމާތު ސާފުކުރުމަށްފަހު އެ ވުޒާރާއަށް ގޮސް އަންދާސީ ހިސާބު ހުށަހަޅުމަށް އެ އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު