ޚަބަރު
އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކުރަން ފަށައިފި
އިސްލާމީ މަރުކަޒުގެ މުންނާރުގެ ތިރީގައި، މަސް ފެންގަނޑު ހެދުމުގެ މަސައްކަތް ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ފަށައިފި އެވެ.

ސްޓެލްކޯއިން އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަން ފަށާފައި އެ ވަނީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ދަށުންނެވެ.

އިސްލާމީ މަރުކަޒުގެ މުންނާރު އިތުރަށް ފުރިހަމަ ކުރުމަށް ތިރީގައި ހަދާފައިވާ މަސްފެންގަނޑު ހަލާކުވެ މަރާމާތުނުކޮށް އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ.

އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުން ކުލަ ގަދަކޮށް ފާހަގަކުރަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެ މިސްކިތް ހުޅުވާފައި ވަނީ 1984 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

އެކްސްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އެ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގަނޑު މަރާމާތު ކުރުމުގެ މަސައްކަތް އެކުންފުނިން ކުރާނެ ކަމަށެވެ.

އަދި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މަސައްކަތްތަކަށް ސްޓެލްކޯގެ އެއްބާރުލުން ލިބޭނެ ކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު