ޚަބަރު
ރީޑިން ނެގުމަކާއި ނުލާއި އެއްވެސް ކަސްޓަމަރަކަށް ބިލު ނުކުރާނެ: ސްޓެލްކޯ
ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފި އެވެ.

ސްޓެލްކޯއިން މިކަން ފާހަގަކޮށް ބަޔާނެއް ނެރެފައި މިވަނީ އޫޞޫލުތަކާއި ހިލާފަށް އެކުންފުނިން އަމަލުކުރަމުންދާކަމަށް ބުނެ ސޯޝަލް މީޑިއާގާއި ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުންޏަކީ 75 އަހަރުގެ ހިދުމަތުގެ ދިގު ތާރީހެއް އޮތް ކުންފުންޏެއް ކަމަށާއި ކުންފުނީގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ވެރިންގެ ވެސް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އެ މުވައްޒަފުން ކުރަމުންގެންދާ އިހުލާސްތެރި މަސައްކަތް ކަމަށެވެ.

"ރައްޔިތުންގެ މެދުގައި އޮތް ކުންފުނީގެ ތަޞައްވުރު ނައްސި ވާގޮތަށް މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތައް ފެތުރުން މި ކުންފުނިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ރައްޔިތުން މިކުންފުންޏަށް ކުރަމުންދާ އިތުބާރާއި، ޔަގީންކަން ދެމެހެއްޓުމަށްޓަކައި ކުންފުނީގެ ވެރިންނާއި މުވައްޒަފުން ކުރަމުންދާ އިހުލާސްތެރި ހިދުމަތް އެގޮތުގައި ކުރިއަށް އޮތްތާނގައި ވެސް ކުރަމުންގެންދާނެކަމުގެ ޔަގީންކަން އަރުވަން." ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ކުންފުނީގެ ކަސްޓަމަރުންކަމުން އެމުވައްޒަފުންނަކީ ވެސް އެހެނިހެން ކަސްޓަމަރުންނާއި އެއް އުސޫލަކުން ރީޑިންގ ނަގައި އެ ރީޑިންގއަށް ބިލް ކުރެވޭ ބައެއްކަން ފާހަގަކުރަމުން އެކުންފުނިން ބުނީ، ރީޑިންގ ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެކަމަށެވެ.

އަދި މި ނޫން އުސޫލަކުން ބިލް ކުރަމުންދޭތޯ ބެއްލެވުމަށް ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި އެންމެހާ ފަރާތްތަކަށް ސްޓެލްކޯއިން ވަނީ ދައުވަތު ދީފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު