ވިޔަފާރި
ސްޓެލްކޯގެ ހޮޓްލައިން 1545 ތައާރަފްކޮށްފި
ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ހޮޓްލައިން ނަމްބަރު، 1545 މިއަދު ތައާރަފުކޮށްފި އެވެ.

މި ހޮޓްލައިން ތައާރަފްކުރީ މިއަދު އެ ކުންފުނީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގަ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ ސްޓެލްކޯގެ ހިދުމަތުގެ ދިގު ތާރީހުގައި ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ފަސޭހަކަމާއިއެކު ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ނުކުރެވިއޮތް މަސައްކަތަކީ ކޯލް ސެންޓަރެއް ގާއިމް ކުރުން ކަމަށެވެ.

ކޯލް ސެންޓަރު ގާއިމްކޮށް ނިންމުމަށްފަހު މިއަދު ބޭނުން ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޓެލްކޯއިން ފޯރުކޮށްދޭ ހުރިހާ ޚިދުމަތަކާ ގުޅުންހުރި މަޢުލޫމާތާ، ކަރަންޓު ބިލްތަކާ ގުޅުންހުރި ޝަކުވާތަކާއި، ކުންފުންޏާ ގުޅުންހުރި އެނޫން ވެސް ކަންކަމުގައި ސްޓެލްކޯގެ ހޮޓްލައިން 1545 މިހާރު ބޭނުން ކުރެވޭނެ،" ފަހުމީ ލިޔުއްވާފައި ވެއެވެ.

އޭނާ ވިދާޅުވީ، ކުންފުނީގެ އަމާޒަކީ، އެ ކުންފުންޏަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނާ ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރާއި ޔަޤީންކަން ކަށަވަރުވެފައިވާ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން ކަމަށެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު