ޚަބަރު
އޮޅުވާލައިގެން ކަސްޓަމަރުންނަށް ގުޅަމުންދާތީ ސަމާލުވާން ސްޓެކްލޯ އިން އެދިއްޖެ
އޮޅުވައިލައިގެން ސްޓެލްކޯގެ ނަމުގައި ބަޔަކު ގުޅައި، ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަމަށް ސަމާލުވާން އެ ކުންފުނިން އެދިފިއެވެ.

އެކްސްގައި މިކަމާ ގުޅޭގޮތުން ހިސާކުރެއްވި މެސެޖެއްގައި ވިދާޅުވީ،  އޮޅުވާލައިގެން އެކުންފުނީގެ ކަސްޓަމަރުންނަށް ކޯލްތަކެއްކޮށް ދޮގު މައުލޫމާރު ފޯރުކޮށްދެމުންދާކަން އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، މިވަގުތު ހުރިހައި ކަސްޓަމަރުން އެ ކޯލްތަކަށް ސަމާލުވުމަށް އެދިވަޑައިގަންނަވާކަމަށެވެ.

ފަހްމީ އިތުރަށް ވިދާޅުވެފައިވަނީ، ސްޓެލްކޯއިން އެއްވެސް ކަސްޓަމަރެއްގެ ޒާތީ މައުލޫމާތު ފޯނުގެ ޒަރީއާއިން ހޯދުމަށް ދުވަހަކުވެސް އެދިފައި ނުވާނެކަމަށެވެ. އެހެންކަމުން ޝައްކު ކުރެވޭ ކޯލެއް ލިބިއްޖެނަމަ، އެއްވެސް ޒާތީ މައުލޫމާތެއް ހިއްސާ ނުކޮށް، ވަގުތުން ކޯލް ނިންމާލުމަށް އެދިވަޑައިގެންފައި ވެއެވެ.

“އަބަދުވެސް އެއްވެސް މުއާމަލާތެއްގެ ސައްހަކަން ޔަގީންކުރަންވާނީ ސީދާ އަޅުގަނޑުމެންގެ ރަސްމީ ޗެނަލްތަކުން ސްޓެލްކޯއާ ގުޅައިގެން.” ފަހްމީ ވިދާޅުވެފައި ވެއެވެ.

ސްޓެލްކޯއިން ކަސްޓަމަރުންނަށް ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ދާދި ފަހުން ވަނީ ކޯލް ސެންޓަރެއް ގާއިމުކޮށްފަ އެވެ. އަދި، ކަސްޓަމަރުންނަށް ޚާއްސަ ހޮޓްލައިންގެ ގޮތުގައި،1545 ވަނީ ހަމަޖައްސާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު