ވިޔަފާރި
ސީޕްލޭން ވިޔަފާރި ޒަމާނީ ކުރަން އެމްއޭސީއެލްއާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަނީ
އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ހިންގަމުންދާ "މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮނެޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ފިނޭންސުން ހުށަހެޅި ކަރުދާހަށް މަޝްވަރާ ކުރުމަށްފަހު އިއްޔެ ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މޯލްޑިވިއަން ސީޕްލޭން ވިޔަފާރި އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދަން އެމްއޭސީއެލްއާއެކު ސްޓްރެޓީޖިކް ޕާޓްނާޝިޕެއް ގާއިމް ކުރުމަށެވެ.

ސަރުކާރުން ނިންމީ އައިއޭއެސްއެލްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް، އެމްއޭސީއެލްއާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް އަންނަ އަހަރުގެ އެޕްރީލް 30، އަށް ނިންމުމަށެވެ. އަދި އެ ކުންފުނި އުފެއްދުމަށް ނިންމަން ޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

ކުންފުނި އުފެއްދުމަށްޓަކައި ނިންމަން ޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށް ގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އައިލެންޑް އޭވިއޭޝަނުން ސީޕްލޭން ހިދުމަތް ފެށީ 2014 ގަ އެވެ. އެއީ އެ ކުންފުނީގެ އާމްދަނީ އިތުރުކުރަން އޭރުގެ ސަރުކާރުން ނިންމި ނިންމުމެކެވެ.

މޯލްޑިވިއަންގެ ސީޕްލޭން ފްލީޓުގައި، އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ހާއްސަކުރި ސީޕްލޭން ހިމެނޭހެން، "ޑީއެޗުސީ-6 ޓްވިން އޮޓާ އެއާކްރާފްޓު" ގެ 11 މަތިންދާބޯޓު އޮވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު