ވިޔަފާރި
ފާނަ އާލާކުރަން ބޮޑު ސަރަހައްދެއް ކަނޑައަޅަން ސަރުކާރުން ނިންމައިފި
ދޮންއޮޅުފާނަ އެއް - ފޮޓޯ: ފިޝަސް އޮފް ދަ މޯލްޑިވްސް
ފާނަ އާލާކުރަން ބޮޑު ސަރަހައްދެއް ކަނޑައަޅަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ މިދިޔަ ހޯމަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދު ޑައިވާސިފައިކޮށް ކަނޑުގެ ވަސީލަތްތަކުން ލިބޭ ނަފާ އިތުރުކުރަން ކުރިއަށް ގެންދާނެ ކަންކަން ނިންމާފައިވާ ކަމަށެވެ.

އެ ކަންކަން ނިންމާފައި ވަނީ ފިޝަރީޒް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރުމަށް ފަހު އެވެ.

އެ ގޮތުން މާލެ އަތޮޅު ދެކުނުން ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް ހަތް ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަހައްދަކީ ކޮމާޝަލް ސްކޭލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ހާއްސަ ކުރެވޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ކެބިނެޓް މަޝްވަރާތަކަށްފަހު ސަރުކާރުން ވަނީ ހަތަރު ޒޯނެއްގައި މެރިކަލްޗާ ތަރައްގީކުރަން ނިންމާފަ އެވެ.

މެރިކަލްޗާ ތަރައްގީކުރަން ކަނޑައެޅި ޒޯންތަކަކީ ހދ. އާއި ށ. އަތޮޅުގެ ޒޯން އާއި ރ. އަތޮޅުގެ މެރިކަލްޗާ ޒޯންގެ އިތުރުން މ. އަތޮޅުގެ މެރިކަލްޗާ ޒޯން އަދި ތ. އަތޮޅުގެ މެރިކަލްޗާ ޒޯން އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު