ވިޔަފާރި
ތިންވަނަ ފޭހުގައި ހުރި ތަކެތި ނަގަން އަންގައިފި
ހުޅުމާލެ 3 ގެ ހިއްކި ސަރަހައްދުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ތަކެތި ނެގުމަށް އަނެއްކާ ވެސް އެޗްޑީސީން އަންގައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު އިއުލާނެއްގައި ބުނީ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ނެގުމަށް އެންގި ނަމަވެސް ގިނަ ފަރާތްތަކުން އެކަމަށް އިޖާބަ ދީފައި ނުވާ ކަމަށެވެ. އަދި ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވައިދާ ހިލާފަށް މުދަލާއި ތަކެތި ބަހައްޓައި، ބައެއް ފަރާތްތަކުން އަދިވެސް އެ ބިންތައް ބޭނުން ކުރަމުންދާކަން ފާހަގަކުރެވޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންވެ ތިންވަނަ ފިޔަވަހީގެ ހުސް ބިންތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި މުދަލާއި ތަކެތި، މި މަހުގެ 11 ގެ ކުރިން ނެންގެވުން އަންގާފައިވެ އެވެ.

އެ މުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފި ނަމަ، އެއީ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، އެފަދަ ތަކެއްޗާ މެދު އަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތުގެ މަތިން އަމަލު ކުރާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

"އެ މަސައްކަތުގެ ތެރޭގައި މުދަލަށް ނުވަތަ ތަކެއްޗަށް ލިބިދާނެ ގެއްލުމަކަށް މި ކޯޕަރޭޝަނުން ޒިންމާ ނުވާނެ ވާހަކަވެސް އާންމުކޮށް އަންގައި އިއުލާން ކުރީމެވެ،" އިއުލާނުގައި ބުންޏެވެ. އެޗްޑީސީން އަންނަނީ ހުޅުމާލެ 3 ހިއްކުމުގެ މަސައްކަތް އަދިވެސް ކުރަމުންނެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެތަނުން ވެސް ބިން ދޫކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު