ޚަބަރު
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް މިއަދު ވައިޓް އެލާޓް ނެރެފި
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެ އަށް މިއަދު ވައިޓް އެލާޓް ނެރެފި އެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މޫސުން އެންމެ ގޯސްވާނެ ކަމަށް ލަފާ ކުރެވެނީ ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް ކަމަށެވެ. އެ އަތޮޅުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި، ވައި ގަދަވުން އެކަށީގެންވާ ކަމަށާއި އަދި އެ ސަރަހައްދުގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވި އެވެ.

އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރަން ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވެ އެވެ.

މުޅި ރާއްޖެ އަށް ވައިޓް އެލާޓް ދަންމާލުމުގެ ކުރިން މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެރުނީ ޅ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށެވެ. އެއީ ދަންވަރު 1:30 އިން ފެށިގެން ހެނދުނު 7:30 އާ ހަމައަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު