ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މި ހަފުތާގެ ނިޔަަލަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ: މެޓް
އަލީ ރާޒީ
10 އޮކްޓޫބަރ 2024 - 15:02
0
comments
Tweet
Telegram
ރާއްޖެ މަތީގައި ބޯ ވިއްސާރަ ވިލާތައް އުފެދެމުންދާކަމަށާއި މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ މި ހަފުތާގެ ކުރިއަށް އޮތް ދެތިންދުވަހު މޫސުން ގޯސްވާނެ ކަމަށާއި ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ހަމަ ވިއްސާރަކޮން ދައްކަނީ. ކުރިއަށް އޮތް ދެތިން ދުވަހަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ." މެޓް އޮފީހުން ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށް އެއިދާރާއިން ބުންޏެވެ.
"ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރެވޭ. އާއްމުކޮށް އުދަ އަރާ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވޭ." މެޓް އޮފީހުން ބުނެ އެވެ.
ގަދަވަޔާއެކު ކަނޑުތައް ގަދެވެ ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމާއި ބެހޭ މައުލޫމާތު ހޯދުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 މަސް ކުރިން
0
ފެން ހިންދާ ޕަމްޕުތައް ޑިފެންސްއާ ހަވާލު ކުރަނީ
2 މަސް ކުރިން
0
ކަނޑުވި މީހުން ސަލާމަތްކުރަން ފުލުހުން ކުރި މަސައްކަތަށް ތައުރީފު
2 މަސް ކުރިން
0
ލޯންޗެއް ދިޔަވެ، ކަނޑުވި 44 މީހުންނާއި 4 ކުޑަކުދިން ސަލާމަތްކޮށްފި
2 މަސް ކުރިން
0
ރާއްޖޭގެ ރަށަކަށް 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި
10 ގަޑިއިރު ކުރިން
0
މި އަހަރު މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު
10 ގަޑިއިރު ކުރިން
0
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރަން މިއަދު މާލޭގައި އަސްކަރީ ހިނގާލުމެއް
13 ގަޑިއިރު ކުރިން
0
މަޖީދިއްޔާގެ ހިޔަލުން ގެނައި ކުރިއެރުމަށް ނިމުމެއް ނެތް: ރައީސް
17 ގަޑިއިރު ކުރިން
0