
މެޓް އޮފީހުން މިއަދު އާންމުކުރި ރެކޯޑުތަކުން ދައްކާ ގޮތުގައި، އިއްޔެ ރޭގެ މެންދަމު 12:00 އިން ރޭ މެންދަމު 12:00 އާ ދެމެދު، އެންމެ ވައިބާރުވީ ބ. ދަރަވަންދު އަށެވެ. އެ ރަށަށް ވަނީ ވިލާގަނޑުގައި 65 މޭލަށް ވައިބާރުވެފަ އެވެ.މިދިޔަ ބުދަ ދުވަހު ވެސް އެންމެ ވައިބާރުވީ ދަރަވަންދުއަށެވެ. އެ ދުވަހު އެ ރަށަށް ވަނީ 55 މޭލަށް ވައިޖެހިފަ އެވެ.