ޚަބަރު
ބޭނުންކުރެވޭ ރިޒާވު އަނެއްކާ ވެސް 50 މިލިއަން ޑޮލަރުން ދަށަށް ގޮސްފި
މިދިޔަ އޮގަސްޓު މަސް ނިމުނުއިރު ބޭރު ފައިސާ ރިޒާވުގައި ހުރި ފައިސާ އިތުރުވުމަށް ފަހު، މި ނިމުނު މަހު ޖުމްލަ ރިޒާވާއި ބޭނުންކުރެވޭ ރިޒާވުގައި ހުރި ފައިސާ ވެސް ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި އޯގަސްޓު މަހު ރިޒާވުގައި 443.88 މިލިއަން ޑޮލަރު ހުއްޓެވެ. އެއީ ޖުލައި މަހާ އަޅައިކިޔާއިރު 48.45 މިލިއަން ޑޮލަރު އިތުރުވުމެކެވެ.

ނަމަވެސް މިދިޔަ މަހުގެ 24ވަނަ ދުވަހުގެ ނިޔަލަށް އެ އަދަދު ވަނީ 371.22 މިލިއަން ޑޮލަރަށް މަދުވެފައެވެ.

އޯގަސްޓު މަހު ޔޫސަބަލް ރިޒާވް 61 މިލިއަން ޑޮލަރަށް އިތުރުވިއެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 49 މިލިއަން ޑޮލަރަށް މަދުވެފައެވެ.

ރިޒާވްގެ އަދަަދުތައް ދަށްވެފައިވަނިކޮށް އިއްޔެ، ވަނީ ދައުލަތުން 2021ވަނަ އަހަރު ނަގާފައިވާ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ސުކޫކުގެ ކޫޕަން ޕޭމަންޓުގެ ގޮތުގައި މި މަހު ދައްކަންޖެހޭ 25 މިލިއަން ޑޮލަރު ސަރުކާރުން ދައްކައިފައެވެ.

ރާއްޖޭގެ ރަސްމީ ރިޒާވްގައި މި އަހަރުގެ ޖުލައި މަސް ނިމުނުއިރު ހުރީ 395 މިލިއަން ޑޮލަރެވެ. އަދި ބޭނުންކުރެވޭ ރިޒާވްގައި ޖުލައި މަސް ނިމުނުއިރު ހުރީ 43 މިލިއަން ޑޮލަރެވެ.

ރިޒާވް ދަށަށް ގޮސްފައިވާއިރު ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑު އަދި ބޭސް ފަދަ އަސާސީ މުދާ އެތެރެކުރުމަށް މަހެއްގެ މައްޗަށް 70 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭނުންވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު