ޚަބަރު
ހަތް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، ދެ މީހަކު ހައްޔަރަށް
ހަތް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، ދެ މީހަކު ހައްޔަރަށް - ފޮޓޯ/ ކަސްޓަމްސް
ރާއްޖެ އެތެރެކުރަން އުޅުނު ހަތް މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

ކަސްޓަމްސް އިން ބުނީ، އެތަކެތި އަތުލައިގަތީ ރާއްޖެއައި ފަސިންޖަރެއްގެ ލަގެޖުންނާއި ޕޯސްޓު މެދުވެރިކޮށް ގެނެސްފައިވާ ޕެކޭޖެއް އިތުރަށް ބަލާފާސްކުރުމުގެ ތެރެއިން ކަމަށެވެ.

މިދިޔަ އާދިއްތަ ދުވަހު ބްރެޒިލް އިން އައި 33 އަހަރުގެ އަންހެނެއްގެ ލަގެޖުގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން އެ ފަސިންޖަރުގެ ލަގެޖު ބަލާ ފާސްކުރި ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. އެގޮތުން، ލަގެޖު ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިފައިވާ ކަމަށާއި ފުރަތަމަ މަރުހަލާގައި ތަހުލީލުކޮށްގެން އެތަކެތި ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުންޏެވެ.

ޕެކިން ހިމެނޭހެން، ލަގެޖުން ފެނުނު ތަކެތީގެ ބަރުމިނުގައި 2.44 ކިލޯގުރާމް ހުރިއިރު، މަގުމަތީ އަގަކީ ހަ މިލިއަން އެއްލައްކަ ރުފިޔާ ކަމަށް ކަސްޓަމްސްއިން ލަފާކޮށްފައިވެ އެވެ.

އިތުރަށް ކަސްޓަމްސް އިން ބުނި ގޮތުގައި، މިދިޔަ ހޯމަ ދުވަހު ޕޯސްޓު މެދުވެރިކޮށް ގެނެސްފައިވާ ޕެކޭޖެއް ބަލާ ފާސްކުރުމުގެ ތެރޭގައި ޑްރަގު ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުނު ކަމަށެވެ. އެތަކެތި ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ.

ޕެކިން ހިމެނޭ ގޮތަށް އެތަކެތީގެ ބަރުމިނުގައި ހުރީ 1.04 ކިލޯ ގުރާމެވެ. އަދި، މަގުމަތީ އަގު އެއް ލައްކަ ސާޅީސް ހާހަށް އަރައެވެ.

ކަސްޓަމްސް އިން ހާމަކުރި ގޮތުގައި ކޮކެއިން އަތުލައިގަތީ މިމަހުގެ ފަސް ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިންނެވެ. އަދި ހެރޮއިން އަތުލައިގަތީ ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅެނިކޮށް މިމަހުގެ ހަތްވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު