ޚަބަރު
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ
ހުޅުމާލޭގައި މިއަދު ހެނދުނު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް1 ގައި ދެ ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި އެ ދެ އުޅަނދުގައި ތިބި ހަތަރު މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އަނިޔާވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓާ ގުޅޭ އިތުރު ތަފުސީލެއް އަދި ނުލިބެ އެވެ. އަދި އެ މީހުންނަށް ލިބިފައިވާ އަނިޔާގެ މައުލޫމާތެއް ވެސް ނުލިބެ އެވެ.

މާލެ ސަރަހައްދުގައި މި ފަހުން ކައިރިކައިރީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވާތީ، މަގުމަތި ރައްކާތެރިކުރުމުގެ މަސައްކަތްތައް ހަރުދަނާކުރަން ޓެކްނިކަލް ކޮމިޓީއެއް އުފައްދަން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމި އެވެ.

މީގެ އިތުރުން އެންމެ ގިނައިން އެކްސިޑެންޓްތައް ހިނގާ ސަރަހައްދުތަކުގައި ފުލުހުން 24 ގަޑިއިރު ފޯރި މަރަން ވެސް ވަނީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު