ޚަބަރު
ހަށިވިއްކި މައްސަލައެއްގައި ދިވެހި ތިން އަންހެނުންނާއެކު ބަޔަކު ހައްޔަރުކޮށްފި
ސްޕާއެއްގެ ނަމުގައި ހިންގަމުންދިޔަ ހަށި ވިއްކާ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ހަތް މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ހުންނަ އެ އެތަން ބަލައި ފާސްކުރީ އެ ތަނުގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ފުލުހުން ވަނީ އެމީހުންގެ ވަނަވަރު އާންމުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައި ވަނީ:

  • މުހައްމަދު ޝަފީއު، 49، އދ. މަހިބަދޫ
  • ޝިއުނާ ހުސައިން، 36، ށ. ފުނަދޫ
  • ފާތިމަތު ސިއުނާ، 42، ށ. ފުނަދޫ
  • އާއިޝަތު އަބްދުއްރައްޒާގް، 55، މާލެ
  • ޕަވީނާ ބުއްނަކް، 36، ތައިލެންޑް
  • ވިލައިލަކް ތުންމުއަންގްޑޮން، 32، ތައިލެންޑް
  • ތިދަރަޗު ޗުންކޮންގް، 29، ތައިލެންޑް
މި މައްސަލައާ ގުޅިގެން މި ހަތް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑު ތިން އަންހެނުން 10 ދުވަހަށް ދިވެހި ތިން އަންހެނުން ހަތް ދުވަހަށް އަދި ފިރިހެން މީހާ ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު